twitterviber whatsapp telegramfacebookyoutube instagram
17th May 2025

އެސް.ޓީ.އޯގެ ފާމަސީއެއް ނޭކުރެންދޫ އާއި މާއުނގޫދޫގައި ހުޅުވައިފި

Aug 12, 2015

ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އާސަންދައިގެ ދަށުން ހިދުމަތް ފޯރުކޮށްދޭ އެސްޓީއޯ ފާމަސީއެއް ގާއިމް ކުރުމަށް އެސްޓީއޯއާ ދިވެހި ސަރުކާރު ގުޅިގެން ކުރިއަށް ގެންދާ މަޝްރޫއުގެ ދަށުން ހދ. ނޭކުރެންދޫ އާއި ށ މާއުނގޫދޫގައި ފާމަސީއެއް ހުޅުވާ ހިދުމަތް ދޭން ފަށައިފި އެވެ.

މިއަދު ހުޅުވި މި ފާމަސީއާއެކު ރާއްޖޭގެ އެކިކަންކޮޅުތަކުގައި ހިދުމަތް ދެމުންދާ އެ ކުންފުނީގެ ފާމަސީތަކުގެ އަދަދު 147 އަށް ވަނީ އަރާފަ އެވެ.

މި ބޭސްފިހާރައިގެ ޚިދުމަތާއެކު އެސް.ޓީ.އޯގެ 6 ބޭސް ފިހާރައިގެ ހިދުމަތް މިހާރު ހދ.އަތޮޅުގައިދެއެވެ. އެއީ ނޭކުރެންދޫގެ އިތުރުން ކުމުންދޫ، ނޮޅިވަރަމް، ވައިކަރަދޫ، ކުޅުދުއްފުށި، ފިނޭ އަދި ހަނިމާދޫގައެވެ.

އެސްޓީއޯ އިން ކުރިއަށްގެންދާ އެ މަޝްރޫއުގެ ދަށުން މިއަހަރު ނިމުމުގެ ކުރިން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އާސަންދައިގެ ދަށުން ހިދުމަތްދޭ ބޭސްފިހާރަ ޤާއިމްކުރެވިގެންދާނެ ކަމަށް އެކުންފުނިން ބުންނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355