twitterviber whatsapp telegramfacebookyoutube instagram
12th April 2026

މަދިރި އުފެދޭ ތަންތަން ނައްތާލުމަށް ނަރުދޫގައި ހާއްސަ ޕްރޮގުރާމެއް ކުރިއަށް ގެންގޮސްފި

Aug 12, 2015

ޑެންގީ ހުމުގެ ރިޕޯޓް އެންމެ ގިނައިން އައި އެރަށް ކަމަށްވާ ށ. ނަރުދޫގައި މަދިރި އުފެދޭ ތަންތަން ނައްތާލުމުގެ ގޮތުން މިއަދު ހާއްސަ ހަރަކާތްތަކެއް ކުރިއަށްގެންގޮސްފި އެވެ.

މި ޕްރޮގުރާމަކީ ފުނަދޫ ފުޓްބޯޅަ ކުލަބާއި ޕޮލިހާއި އެއަތޮޅު ކައުންސިލާއި ށ. އަތޮޅު ހޮސްޕިޓާ ގުޅިގެން ކުރިއަށްގެންދިޔަ ހަރަކާތެކެވެ.

ށ. ފުނަދޫ ޕަބުލިކް ހެލްތު އޮފިޝަލަކު ވިދާޅުވީ ނަރުދޫގައި ހުރި މަދިރި އާލާވައި ގޮތަށް ގިނަ އަދަދެއްގެ ތަންތަން ހުރިކަމަށެވެ. އެގޮތުން ފެން އެޅޭނެ ހެން ހުރި ގިނަ އަދަދެއްގެ ދަޅާއި ފުޅި ހުރިކަން އޭނާ ފާހަގަކުރެއްވި އެވެ.

އޭނާ ވިދާޅުވީ އެއަތޮޅުން އެންމެ ގިނައިން ޑެންގީ ކޭސްތައް ރިޕޯޓްކޮށްފައިވަނީ ނަރުދޫއިން ކަމަށެވެ. އެގޮތުން މިހާރުވެސް ނަރުދޫގެ 4 މީހަކަށް ޑެންގީ ހުން ޖެހިގެން ށ. އަތޮޅު

ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަން އޭނާ ފާހަގަ ކުރި އެވެ. އަދި ފާއިވި 2 މަސް ދުވަހުގެ ތެރޭގައި 25 ޑެންގީ ކޭސް އެރަށުން ރިޕޯޓް ކޮށްފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

ފުނަދޫން ޓީމެއް ގޮސް މި ހިނގި ޕްރޮގުރާމްގައި ފެން އެޅޭނެ ގޮތަށް ހުރި ތަންތަން ނައްތާލާފައިވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355