twitterviber whatsapp telegramfacebookyoutube instagram
12th April 2026

އުވިގެން ގޮސްފައިވާ ބައެއް ކުޅިވަރުތަކާ އެކު 16 އައިޓަމެއް “ފުނަ ޝޯ” ގައި ދައްކާލަނީ

Aug 13, 2015

މިނިވަން 50 ފާހަގަ ކުރުމުގެ ގޮތުން ކޮންމެ އަތޮޅެއްގައި ބާއްވަމުން އަންނަ ފުނަ ޝޯ އަންނަ ހުކުރު ދުވަހު ކުޅުުދުއްފުށީގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު މިހާރު އުވި ގޮސްފައިވާ ކުރީ ޒަމާނުގެ ބައެއް ކުޅިވަރުތަކާ އެކު ޖުމްލަ 16 ކުޅިވަރެއް ދައްކާލާނެ އެވެ.

ހުކުރު ދުވަހު ހަވީރު ކުޅުުދުއްފުށީ ޒޯން ސްޓޭޑިއަމްގައި ފެށުމަށް ހަމަޖެހިފައިވާ މި ޝޯގައި ސްޓޯލްތަކުގައި ތިލޭރުކަން، ރޯނުވެށުން، ހާލުފޮޅި ފިހުން އަދި ބަނޑިޔާ ޖެހުން ފެނިގެން ދާނެ އެވެ. އަދި ކުޅުދުއްފުށީގެ ފަރާތުން ބޮޑު ފައިވާނުގައި ހިނގުން، އަންހެނުންގެ ދަފި އަދި ކުރުފަލީގެ އިތުރުން ބަންދު ދުއްވުމުގެ ހަރަކާތްތައް ފެންނާނެ އެެވެ.

ހދ އެކި ރަށްރަށުންވެސް ފުނަ ޝޯގައި ބައިވެރިވެފައި ވެއެވެ. އެ ރަށްރަށުން ވެސް ތަފާތު އައިޓަމްތައް ހުށަހަޅައި ދޭއިރު ކުމުންދޫގެ ފަރާތުން ބޮޑުބެރު، ހަނިމާދޫގެ ފަރާތުން ބޮޑުމަސް އަދި ނޮޅުވަރަމްގެ ދަނޑިޖެހުމާއި ދަފި ނެގުންވެސް ފެނިގެންދާނެ އެވެ. ހަވީރުގެ އައިޓަމްތައް ކުރިއަށް ދާނީ ހަވީރު 4:15 ން 6:00 ށެވެ.

ރޭގަނޑު ނޮޅިވަރަމްގެ ބޮޑުމާލި، މަކުނުދޫ ގެ ފަރާތުން އީދު ބޮނޑި އަދި ކުޅުދުއްފުށީގެ ފަރާތުން ދައްސޫރަ، މިޝްގާލް އަދި މީރާސްގެ ބޮޑުބެރު، ކޯޑި ކެނޑުން، އަންހެނުންގެ ބަތް ދަނޑި، އަންހެންނުންގެ ބޮޑުބެރު، ވަންޖެހުން ފެނިގެންދާނެ އެވެ.

ރޭގަނޑުގެ ކުޅިވަރުތައް ކުރިއަށް ދަނީ ރޭގަނޑު 8:45 ން 11 ށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355