twitterviber whatsapp telegramfacebookyoutube instagram
12th April 2026

އެމްޑަބުލިއުއެސްސީން މިއަދު ކުޅުދުއްފުށީގައި ކުޑަކުދިންގެ ހަވީރެއް ބާއްވަނީ

Aug 14, 2015

އެމްޑަބްލިއުއެސްސީން ކުޅުދުއްފުށީގައި ކުރިއަށްގެންދާ “ސޭފް ވޯޓަރ” ކެމްޕެއިންގެ ތެރެއިން މިއަދު ހަވީރު ކުޑަކުދިންގެ ހަވީރެއް ބާއްވަން ހަމަޖެހިއްޖެ އެވެ.

ކުޅުދުއްފުށީ އަމީރު އަމީން ސްކޫލާ ދިމާ ވެލިގަނޑު ބާއްވާ މިކުޑަކުދިންގެ ހަވީރުގައި ބޮޑުބެރާ އެކު މަޖާ ކުޅިވަރުތަކާ ކުރިއަށްދާނެ އެވެ.

މީގެ އިތުރުން ކުޅުދުއްފުށީގެ ސްކޫލުތަކަށް ހުޅުވާލައިގެން ބޭއްވި ޕޯސްޓަރ ކުރެހުމުގެ މުބާރާތްތުގެ ނަތީޖާފާޅުކުރުމާ އިނާމު ދިނުންވެސް އެ ހަވީރުގައި ކުރިއަށްދާނެ ކަމަށް އެމްޑަބުލިއުއެސްސީން ބުނެ އެވެ.

މި އޯގަސްޓް މަހު 11 އިން 14 އަށް ކުރިއަށް ގެންދާ މި ކެންޕައިން ގައި ސާފު ފެނާއި ބެހޭގޮތުން މައުލޫމާތު ދީ ހޭލުންތެރިކަން އިތުރު ކުރުމުގެ ގޮތުން މައުލޫމާތު ދިނުމުގެ ޝެޝަން ތަކެއް ކުރިއަށްގެންގޮސްފަވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355