އެމްޑަބުލިއުއެސްސީން ކުރިއަށް ގެންދިޔަ”ސޭވް ވޯޓަރ” ކެމްޕެއިންގެ ޕޯސްޓާރ ކުރެހުމުގެ މުބާރާތުގައި ވަނަވަނައަށް ދިޔަ ދަރިވަރުންނަށް އިނާމު ދީފި އެވެ.
ކުޅުދުއްފުށީ ސްކޫލްތަކަށް ހުޅުވާލައިގެ ކުރިއަށް ގެންދިޔަ މި މުބާރާތުގައި ވަނަވަނަ އަށް ދިޔަ ދަރިވަރުންނަ އިނާމު ދީފައިވަނީ ހުކުރު ދުވަހު އަމީރު އަމީން ސްކޫލާއި ދިމާ ވެލިގަނޑުގައި ކުރިއަށް ގެންދިޔަ ކުޑަކުދިންގެ ހަވީރުގަ އެވެ.
ދިހަ އަހަރާއި ތޭރަ އަހަރުގެ އުމުރު ފުރާއިން އެއްވަނަ ލިބުނު އަފީފާ އިނާމާ ހަވާލުވަނީ–
ޖުމްލަ 3 އުމުރު ފުރާއަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ މި މުބާރާތުގައި ބައިވެރިވަފައިވަނީ ހދ.އޭއީސީ އަދި ޖަލާލުއްދީން ސްކޫލެވެ.
އެގޮތުން 6 އަހަރާއި 9 އަހަރުގެ އުމުރު ފުރައިން އެއްވަނަ އަށް ގޮސްފައިވަނީ އޭއިީސީގެ ގްރޭޑް 2 ދަރިވަރު އަހުމަދު މިފްޒަލް މުހައްމަދެވެ. އަދި 2 ވަނަ އަށް ގްރޭޑް 3 ގެ ދަރިވަރު އައިޝަތު އަމާނީ އަލީ ހޮވުނު އިރު 3 ވަނަ އަށް ގޮސްފައިވަނީ ގްރޭޑް 2 ގެ ދަރިވަރު މުހައްމަދު އަނަސް އަހުމަދެވެ.
14 އަހަރާއި 16 އަހަރާއި ދެމެދުގެ އުމުރު ފުރާއިން އެއްވަނަ ލިބުނު ދަރިވަރުގެ އިނާމު–
10 އަހަރާއި 13 އަހަރާއި ދެމެދުގެ އުމުރު ފުރާއިން އެއްވަނަ އަށް ގޮސްފައިވަނީ އެއީސީގެ ގްރޭޑް 7ގައި ކިޔަވަމުންދާ ދަރިވަރު އައިޝާތު އަފީފާ އަލީ އެވެ. އަދި ދެވަނަ ލިބިފައިވަނީ ގްރޭޑް 7 ގެ ދަރިވަރު ޝާރާ އަބޫބަކުރެވެ. ތިންވަނަ ހާސިލް ކޮށްފައިވަނީ ގްރޭޑް 4 ގެ ދަރިވަރު އީނާސް އަބޫބަކުރެވެ.
އަދި 14 އަހަރާއި 16 އަހަރާއި ދެމެދުގެ އުމުރުފުރާއިން 1 ވަނަ ލިބިފައިވަނީ ޖަލާލުއްދީން ސްކޫލްގެ ގްރޭޑް 8 ގެ ދަރިވަރު ޒުހާ މުހައްމަދެވެ. އަދި ދެވަނަ އަށް ގޮސްފައިވަނީ ގްރޭޑް 8 ގެ ދަރިވަރު މަރިޔަމް މަނަލް އައްޔޫބެވެ. އަދި ތިންވަނަ އަށް ގޮސްފައިވަނީ ގްރޭޑް 9 ގެ ދަރިވަރު ސުހާ ހާރޫންނެވެ.