twitterviber whatsapp telegramfacebookyoutube instagram
12th April 2026

މީރާގެ އެންމެ ހާޒިރީ ރަނގަޅު މުވައްޒަފަކަށް ފަތުހުﷲ އިސްމާއިލަށް

Aug 16, 2015

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އެންމެ ހާޒިރީ ރަނގަޅު މުވައްޒަފަކަށް ކުޅުދުއްފުށި އިރަމާގެ، ފަތުހުﷲ އިސްމާއިލް ހޮވިއްޖެ އެވެ.

މީރާއަށް ފަސް އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި ފަތުހުﷲ އިސްމާއިލް ވަނީ ސައްތައިން ސައްތަ ހާޒިރީއާއެކު އެޓެންޑެންސް އެވޯޑް ހާސިލްކޮށްފައި އެވެ.

އެ މުވައްސަސާގެ ބެސްޓް ސްޓާފް އޮފް ދަ އިއާގެ އެވޯޑް ފާތިމަތު އަމީޒާ ވަނީ ހާސިލްކޮށްފައި އެވެ. އަދި މީގެ އިތުރުން އަމީޒާއައް ވަނީ މީރާގެ ހަޔާތުގެ ފަސް އަހަރުގައި އެންމެ ރަނގަޅަށް މަސައްކަތްކުރި މުވައްޒަފަށް ދިން ފައިވް އިޔާސް އޮފް އެކްސެލެންސީ އެވޯޑް ވެސް ލިބިފައެވެ.

މި ޖަލްސާގައި ވާހަކަ ދައްކަވަމުން ކޮމިޝަނަރ އޮފް ޓެކްސްޓޭޝަން ޔަޒީދު މުހައްމަދު ވިދާޅުވީ މީރާގެ ހިދުމަތް ފުޅާކޮށް ފުރިހަމަ ހިދުމަތެއް ދިނުމަށްޓަކައި އަންނަ އަހަރު އިތުރު އަތޮޅެއްތަކެއްގައި މީރާގައި ބްރާންޗްތަކެއް ހުޅުވަން ހަމަޖެހިފައިވާ ކަމަށެވެ.

މިދިޔަ އަހަރު މީރާގެ އެންމެ ހާޒިރީ ރަނގަޅު މުވައްޒަފަކަށް ހޮވިފައިވަނީ ކުޅުދުއްފުށީ ބުރާންޗުގެ އެސިސްޓެންޓް އޮފިސަރެއްގެ މަޤާމު އަދާކުރަމުން އަންނަ އާއިޝަތު ނިޒާރުއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355