twitterviber whatsapp telegramfacebookyoutube instagram
12th April 2026

އަންހެނަކު ފެންވަރަށް ހުއްޓާ ވީޑިއޯ ކުރި 2 ޒުވާނަކު ހައްޔަރުކޮށްފި

Aug 19, 2015

އަންހެނަކު ފާހާނާގައި ފެންވަރަށް ހުއްޓާ އެމަންޒަރު ވީޑީއޯ ކުރި 2 ޒުވާނަކު މިދިޔަ އާދިއްތަ ދުވަހު ހައްޔަރުކޮށްފި އެވެ.

“ކުޅުދުއްފުށި އޮންލައިނަށް” އެގިފައިވާ ގޮތުގައި މިކަމެއް ހިންގާފައިވަނީ ހދ ކުމުންދޫގައި އެވެ. އެރަށުން މިނޫހާ ވާހަކަ ދެއްކި މީހުން ބުނީ 23 އަހަރުގެ އަންހެން ކުއްޖަކު ފާހާނާގައި ފެންވަރަށް ހުއްޓާ، ފެންލައިޓުން އެމަންޒަރު ވީޑިއޯ ކުރީ ކަމަށެވެ.

ފެންވަރަށް ހުއްޓާ ވީޑިއޯ ކުރީ 19 އަހަރުގެ 2 ޒުވާން ދެ ފިރިހެން ކަމަށް އޭނާ މައުލޫމާތު ދިނެވެ. ވީޑިއޯ ކުރި ދެ ޒުވާނާ މިހާރު ވަނީ ފުލުހުން ހައްޔަރުކޮށްފައި އެވެ.

މިދެ މީހުންގެ ބަންދުގެ މުއްދަތަށް ކުޅުދުއްފުށީ ކޯޓުން ވަނީ 5 ދުވަސް ޖަހާދީފަ އެވެ

މިކަމާ ގުޅިގެން ފުލުހުންގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355