ކުރިނބީ ސްކޫލުގެ މިދިޔަ އަހަރުގެ އެންމެ މޮޅު ދަރިވަރަކަށް ހަމްނާ މުހައްމަދު ހޮވައިފި އެވެ.
ހަމްނާއަށް އެ މަގާމު ލިބުނީ ކިޔެވުމާއި އިތުރު ހަރަކާތްތަކާއި އަހުލާގީ ގޮތުން އެންމެ ފާހަގަ ކޮށްލެވޭ ދަރިވަރަށް ވުމުންނެވެ.
ހަމްނާގެ އިތުރުން 3 ދަރިވަރަކު ވަނީ މިދިޔަ އަހަރު ސްކޫލުގެ ޓޮޕް އެޗީވާރސް އެވޯޑް ހާސިލްކޮށްފަ އެވެ.
ޓޮޕް އެޗީވާރސް އެވޯޑް ހާސިލް ކުރި ދަރިވަރުން:-
– ހަމްނާ މުހައްމަދު
– ސުރައްޔާ އަލީ
– ޝަހުދާ މުހައްމަދު
– އަބުދުﷲ އަސަދު
ކުރިނބީ ސްކޫލުގެ މިދިޔަ އަހަރުގެ އިނާމު ދިނުމަށް އެ ސްކޫލުގައި ރޭ ބޭއްވި ރަސްމިއްޔާތުގައި7 ގުރޭޑަކުން 28 ދަރިވަރަކު ވަނީ އިނާމު ހޯދާފަ އެވެ. އޭގެ ތެރޭގައި ކްލާސް ޕްރައިޒް އާއި އަހުލާގީ ގޮތުންނާއި އިތުރު ހަރަކާތްތަކުން ފާހަގަ ކޮށްލެވޭ ދަރިވަރުންނަށް އިނާމު ދީފައި ވެ އެވެ.
ޝަރަފްވެރި މެހެމާން ވާހަކަ ދައްކަވަނީ–
ރޭ ކުރިނބީ ސްކޫލުގައި ބޭއްވި މިދިޔަ އަހަރުގެ އިނާމު ދިނުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ހދ އަތޮޅު ކައުންސިލްގެ ނޮޅިވަރަމް ދާއިރާގެ މެމްބަރު އަލްއުސްތާޒް މުހައްމަދު އިބުރާހިމެވެ. މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޝަރަފްވެރި މެހެމާން ވިދާޅުވީ ކާމިޔާބަކީ ހިތްވަރާ، އަޒުމާއެކު ގަދަ އަޅާ މަސައްކަތް ކުރާ މީހުންގެ ހައްގެއް ކަމަށެވެ. އަދި ކޮންމެ ދަރިވަރަކުވެސް ރަގަޅު ނަތީޖާ އެއް ހޯދުމަށް ގަދައަޅާ މަސައްކަތް ކުރުމަށް ދަރިވަރުންގެ ކިބައިން ވަނީ އެދިލައްވާފައެވެ. އަޙްލާގީ ރިވެތި ސިފަ ދަރިވަރުންގެ ކިބައިގަ ހަރުލެއްވުމަށް ވެސް އޭނާ އެދިލެއްވި އެވެ.
މިރަސްމިއްޔަތުގައި ކައުންސިލަރުންނާއި ހދ އަތޮޅު ކައުންސިލްގެ ނޮޅިވަރަމް ދާއިރާގެ މެމްބަރު ހަސަން ހުސެއިން ބައިވެރިވި އެވެ.އަދި ޕްރިންސިޕަލް މިސްޓަރ ޑޭވިޑް ޕީކޭސް ގިނަ އަދަދެއްގެ ބެލެނިވެރިން ބައިވެރިވި އެވެ.
ގުރޭޑް 1 އިން 10 އަށް ކިޔަވައިދޭ ކުރިނބީ ސްކޫލަކީ 100 އެއްހާ ދަރިވަރުން ތައުލީމް ހާސިލް ކުރާ ސްކޫލެކެވެ.