twitterviber whatsapp telegramfacebookyoutube instagram
13th August 2026

ތިމާވެށީގެ މަހާސިންތާގައި ނޮޅިވަރަމްފަރު ސްކޫލުން ބައިވެރިވެއްޖެ

Aug 22, 2015

ތިމާވެށީގެ ގައުމީ މަހާސިންތަގައި ނޮޅިވަރަމްފަރު ސްކޫލުގެ ތިމާވެށި ކުލަބުން ބައިވެރި ވެއްޖެއެވެ.

ނޮޅިވަރަންފަރުގެ ތިމާވެށީގެ ކުލަބުގެ 5 ދަރިވަރަކު ވަނީ މިމަހާސިންތާގައި ބައިވެރިވެފަ އެވެ

ތިމާވެއްޓާ ގުޅެގޮތުން ސްކޫލުތަކުގެ ކުދިންގެ މެދުގައި ހޭލުންތެރި ކުރުމަށް ބޭއްވި ތިމާވެށީގެ ގައުމީ މަހާސިންތަގައި ރާއްޖެގެ 24 ސްކޫލަކާއި މާލޭގެ 17 ސްކޫލަކުން ވަނީ ބައިވެރިވެފަ އެވެ.

ދަރުބާރުގޭގައި އިއްޔެ ބޭއްވި މި ޕޯރަމްގައި ތިމާވެއްޓާ ގުޅޭގޮތުން ކޮންމެ ސްކޫލަކުން ވަނީ ޕްރެޒެންޓޭޝަނެއް ހުށަހަޅާފައެވެ.

އެގޮތުން ސްކޫލުތަކުން ކުރިއަށް އޮތް ދެ އަހަރުގައި ތިމާވެށިގެ ގޮތުން ހޭލުންތެރި ކުރުމަށް ކުރާނެ ކަންތަކުގެ ގައިޑްލައިނެއް އެކުލަވާލާ މިއަދުގެ ރަސްމިއްޔާތުގައި ވަނީ އާންމު ކޮށްފައެވެ.

ހދ އަތޮޅުން މި މަހާސިންތާގައި ބައިވެރިވެފައިވަނީ ހަމައެކަނި ނޮޅިވަރަމްފަރު ސްކޫލުން ކަން ފާހަގަކޮށްލެވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355