twitterviber whatsapp telegramfacebookyoutube instagram
20th April 2024

އެސް.ޓީ.އޯގެ ފާމަސީއެއް ހދ.ކުރިނބީގައި ހުޅުވައިފި

Aug 22, 2015

-އަލީ ވިޝާމް-

މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އާސަންދައިގެ ހިދުމަތް ލިބޭ ފާމަސީތައް ގާއިމުކުރުމަށް އެސްޓީއޯ އިން ކުރިއަށް ގެންދާ މަޝްރޫއުގެ ދަށުން ހދ.ކުރިނބީގައި އެ ކުންފުނީގެ ބޭސް

ފިހާރައެއް ހުޅުވައިފި އެވެ.

ހދ.ކުރިނބީގައި މިއަދު މެންދުރުފަހު ހުޅުވި މި ފާމަސީއަކީ އެސް.ޓީ.އޯ އިން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ހިދުމަތް ދެމުންދާ އެ ކުންފުނީގެ 151 ވަނަ ފާމަސީއެވެ. މި ފާމަސީއަކީ އާސަންދައިގެ ހިދުމަތް ލިބޭގޮތަށް ހދ.ކުރިނބީގައި ހިދުމާތް ދޭން ފެށި ފުރަތަމަ ފާމަސީވެސްމެއެވެ.

މި ބޭސް ފިހާރައިން ހިދުމަތް ދޭން ފެށުމާއިއެކު ހދ.އަތޮޅުގައި އާސަންދައިގެ ހިދުމަތް ލިބޭގޮތަށް އެސް.ޓީ.އޯއިން ހުޅުވާފައިވާ ފާމަސީތަކުގެ އަދަދު މިވަނީ 10 އަށް އަރާފައެވެ. މީގެ ތެރޭގައި ހިމެނެނީ ކުޅުދުއްފުށި، ކުމުންދޫ، ނޭކުރެންދޫ، ވައިކަރަދޫ، ނެއްލައިދޫ، ހިރިމަރަދޫ، ފިނޭ، ހަނިމާދޫ އަދި ނޮޅިވަރަމްގެ އިތުރުން ކުރިނބީ އެވެ. މިއަތޮޅުގައި މިހާތަނަށް ފާމަސީތަށް ހުޅުވިފައި ނުވަނީ މަކުނުދޫގެ އިތުރުން ނޮޅިވަރަމްފަރާއި ނާވައިދޫގައެވެ.

އެސްޓީއޯ އިން ކުރިއަށްގެންދާ އެ މަޝްރޫއުގެ ދަށުން މިއަހަރު ނިމުމުގެ ކުރިން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އާސަންދައިގެ ދަށުން ހިދުމަތްދޭ ބޭސްފިހާރަތަށް ޤާއިމްކުރެވިގެންދާނެ ކަމަށް އެކުންފުނިން ބުންނެއެވެ.

ދެން އެންމެ އަވަހަށް ހދ.އަތޮޅުގައި އެސް.ޓީ.އޯގެ ފާމަސީއެއް ހުޅުވިގެންދާނީ ނާވައިދޫގައި ކަމަށާއި މިރޭ ނުވަތަ މާދަމާގެ ވަގުތެއްގައި އެ ފާމަސީވެސް ހުޅުވާނެކަމަށް އެސް.ޓީ.އޯއިން ބުނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355