twitterviber whatsapp telegramfacebookyoutube instagram
12th April 2026

އެސް.ޓީ.އޯގެ ބޭސް ފިހާރައެއް ހދ.ނާވައިދޫގައި ހުޅުވައިފ

Aug 23, 2015

– އަލީ ވިޝާމް –

މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އާސަންދައިގެ ހިދުމަތް ލިބޭ ފާމަސީތައް ގާއިމުކުރުމަށް އެސްޓީއޯ އިން ކުރިއަށް ގެންދާ މަޝްރޫއުގެ ދަށުން ހދ.ނާވައިދޫގައި އެ ކުންފުނީގެ ބޭސް ފިހާރައެއް ހުޅުވައިފި އެވެ.

ހދ.ނާވައިދޫގައި މިއަދު ހުޅުވި މި ފާމަސީއަކީ އެސް.ޓީ.އޯ އިން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ހިދުމަތް ދެމުންދާ އެ ކުންފުނީގެ 152 ވަނަ ފާމަސީއެވެ.

މި ބޭސް ފިހާރައިން ހިދުމަތް ދޭން ފެށުމާއިއެކު ހދ.އަތޮޅުގައި އާސަންދައިގެ ހިދުމަތް ލިބޭގޮތަށް އެސް.ޓީ.އޯއިން ހުޅުވާފައިވާ ފާމަސީތަކުގެ އަދަދު މިވަނީ 11 އަށް އަރާފައެވެ. މީގެ ތެރޭގައި ހިމެނެނީ ކުޅުދުއްފުށި، ކުމުންދޫ، ނޭކުރެންދޫ، ވައިކަރަދޫ، ނެއްލައިދޫ، ހިރިމަރަދޫ، ފިނޭ، ހަނިމާދޫ، ނޮޅިވަރަމް އަދި ކުރިނބީގެ އިތުރުން ނާވައިދޫއެވެ. މިއަތޮޅުގައި މިހާތަނަށް ފާމަސީތަށް ހުޅުވިފައި ނުވަނީ މަކުނުދޫ އަދި ނޮޅިވަރަމްފަރުގައި އެކަންޏެވެ.

އެސްޓީއޯ އިން ކުރިއަށްގެންދާ އެ މަޝްރޫއުގެ ދަށުން މިއަހަރު ނިމުމުގެ ކުރިން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އާސަންދައިގެ ދަށުން ހިދުމަތްދޭ ބޭސްފިހާރަތަށް

ޤާއިމްކުރެވިގެންދާނެ ކަމަށާއި ދެން އެންމެ އަވަހަށް ހދ.އަތޮޅުގައި އެސް.ޓީ.އޯގެ ފާމަސީއެއް ހުޅުވިގެންދާނީ ނޮޅިވަރަމްފަރުގައި ކަމަށް އެސް.ޓީ.އޯއިން ބުނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355