twitterviber whatsapp telegramfacebookyoutube instagram
13th August 2026

އުރީދޫއިން ޑޭޓާ ޝެއަރ ގެ ހިދުމަތް ތައާރަފްކޮށްފި

Aug 29, 2015

އުރީދޫ މޯލްޑިވްސް އިން ޑޭޓާ ޝެއަރ ހިދުމަތް ތައާރަފް ކޮށްފި އެވެ.

ޝުކުރިއްޔާ ދިވެހި ރާއްޖެ ކެމްޕެއިންގެ ދަށުން މިދިޔަ ބުރާސްފަތި ދުވަހު ތައާރަފް ކުރި މި ހިދުމަތުން ކަސްޓާމަރުން މޯބައިލް ޑޭޓާ ބެނުންކުރާގޮތް މުޅިން ބަދަލުކޮށްލާނެ ކަމަށް އުރީދޫއިން މައުލޫމާތު ދެއެެވެ.

މި ހިދުމަތުގެ ދަށުން އުރީދޫއިން ވަނޫ މުޅިން އާ 2 ޑޭޓާ އެޑް-އޮން އެއް ތައާރަފް ކޮށްފައެވެ. އެ ގޮތުން ޑޭޓާ ޝެއާރ 699 އިން 10 ޖީބީ ހޯއްދަވައިގެބް 3 މީހުންނަށް ޑޭޓާ ޝޭއަރ ކުރެވޭނެ އެވެ. އަދި ޑޭޓާ ޝެއަރ 1299 އިން 25 ޖީބީ ހޯއްދަވައިގެން 5 މީހުންނަށޤ ޑޭޓާ ޝެއަރ ކުރެވޭނެ އެވެ.

ކަސްޓަމަރުންނަށް ފަސޭހަކާމާއެކު އެންމެ ޑޭޓާ ޕެކެއް ކުޑަ ގްރޫޕެއް މެދުގައި ޝެއަރކޮށްގެން ބޭނުން ކުރުމަށް މި ހިދުމަތަށް ސަބްސްކްރައިބް ކުރެއްވުމަށް ނަގަންބޭނުންވާ ޝެއަރ ޑޭޓާގެ އަގު ޖެއްސެވުމަށް ފަހު 5566 SMS ކުރެއްވުމުން މި ހިދުމަތް ލިބިވަޑައިގަންނަވާނެ އެވެ. އަދި މައި އުރީދޫ އެޕް އަދި އުރީދޫ މޯލްޑިވްސް ގެ ވެބްސައިޓް އަށް ޒިޔާރަތްކުރައްވައިގެން ނުވަތަ #926* އަށް ގުޅުއްވައިގެން ވެސް މި ހިދުމަތް ހޯއްދެވޭނެ އެވެ.

ކަސްޓަމަރުންނަށް 1 ޖީބީ އާއި 99ޖީބީ އާއި ދެމެދު ބޭނުން އަދަދެއް އެހެން ފަރާތަކުގެ މެދުގައި ޝެއަރ ކުރެވޭނެއެވެ. ޝެއަރ ކުރެއްވުމަސް “XGB number recipient” ޖައްސަވައި 5566 SMS ކުރެއްވުމުން ޝެއަރ ކުރެއްވޭނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355