twitterviber whatsapp telegramfacebookyoutube instagram
13th August 2026

ޑެޕިއުޓީ ޕްރިންސިޕަލްގެ މަގާމުން ސަމްސީރާ ވަކިކޮށްފި

Aug 30, 2015

އަފީފުއްދީން ސްކޫލުގެ ޑެޕިއުޓީ ޕްރިންސިޕަލް ސަމްސީރާ ޒަކަރިއްޔާގެ އެމަގާމުން ވަކިކޮށް، އޭނާގެ މަގާމު ދަށްކޮށްފި އެވެ.

ޑެޕިއުޓީ ޕްރިންސިޕަލްގެ މަގާމުން ސަމްސީރާ ދަށްކޮށްފައިވަނީ އެޑްމިނިސްޓްރޭޓަރ ގެ މަގާމަށެވެ. އޭނާގެ މަގާމް ދަށްކޮށްފައިވަނީ މިމަހުގެ މެދެއްހާ ހިސާބުގަ އެވެ. އެކަން ސްކޫލުން ވެސް ވަނީ ޔަގީންކޮށްދީފަ އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ އޮނިގަނޑަށް ގެނައި ބަދަލާ ގުޅިގެން އެކަށީގެންވާ ޝަރުތު ނެތް ބޭފުޅުން މަގާމުތަކުން ދަށްކޮށްފައިވާނޭ ކަމަށެވެ.

މަގާމުން ތަކުން ދަށް ކޮށްފައިވާނީ ހަމައެކަނި ޑެޕިއުޓީ ޕްރިންސިޕަލުން ނޫން ކަމަށާއި އާ އޮނިގަނޑުގެ ދަށުން ޝަތުރު ހަމަނުވާ އެހެން މަގާމުތަކުގައި ތިއްބެވި ބޭފުޅުން ވެސް މަގާމު ދަށްކޮށްފައިވާނޭ ކަމަށް އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްޓަރީ އަބުދުލް މުހުސިން ވިދާޅުވި އެވެ.

އެޑިއުކޭޝަންގެ އާ އޮނިގަނޑުގެ ދަށުން ޑެޕިއުޓީ ޕްރިންސިޕަލުންގެ މަގާމުގައި ތިއްބެވޭނީ އެންމެ ދަށްވެގެން ފުރަތަމަ ޑިގްރީ އޮންނަ ފަރާތަކަށެވެ.

ސަމްސީރާ ވަނީ އަފީފުއްދީން ސްކޫލުގެ ޑެޕިއުޓީ ޕްރިންސިޕަލްގެ މަގާމު 11 އަހަރަށް ވުރެ ގިނަ ފުރުއްވާފަ އެވެ. އަދީ އަފީފުއްދީން ސްކޫލުގެ ކުރިން އޭނާ ވަނީ ހދ އަތޮޅު ތައުލީމީ މަރުކަޒުގައި ވެސް މަތީ މަގާމުތަކެއް ފުރުއްވާފައި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355