ބޮޑު އީދާ ދިމާކޮށް ” ޖަލާލީ ކާނިވާ “ގެ ނަމުގައި ކުޅުދުއްފުށީގައި ކާނިވަލެއް ބާއްވަން ހަމަޖެހިއްޖެ އެވެ.
މި ކާނިވަލްގައި ބިރުވެރި ހޮހޮޅަޔާއި އެނބުރޭ އުދޯލި އަދި މީހުންގެ މެދުގައި ބޮޑު މަގުބޫލްކަމެއް ހޯދާފައިވާ އަލިފާނުގެ ހަރަކާތްތައް ފެނިގެންދާނެ އެވެ.
މީގެ އިތުރުން ތަފާތު އެކި ކުޅިވަރު ސްޓޯލްތަކާއި ރަހަމީރު ކެއުންތައް މި ކާނިވަލް އިން ލިބެން ހުންނާނެއެވެ.
ޖަލާލުއްދީން ސްކޫލްގެ ޕީޓީއޭއިން އިންތިޒާމުކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ މި ކާނިވަލްއަކީ 2015 ވަނަ އަހަރު ރާވާލި ފަންޑު ހޯދުމުގެ ޕްރޮގުރާމް ތަކުގެ ތެރެއިން އެންމެ ބޮޑު އަދި އެންމެ ހާއްސަ ޕްރޮގުރާމެވެ.
މީގެން ކުރިން ޖަލާލުއްދީން ސްކޫލުގައި ބޭއްވި ޝޯއެއްގެ ތެރެއިން–
އަދި މި ކާނިވަލްގެ ސަބަބުން މުޖުތަމައަށާއި ޖަލާލުއްދީން ސްކޫލަށް ތަފާތު ގޮތްގޮތުން ކުރިއެރުން ލިބިގެންދާނެ ކަމަށް އެ ކޮމެޓީއިން ބުނެއެވެ.
އެ ސްކޫލުން މިހާރުވަނީ ކާނިވަލްގެ ސްޓޯލްތަށް ކުއްޔަށް ހިފުމުގެ ފުރުސަތު ހުޅުވާލާފައިއެވެ. އެގޮތުން ސްޓޯލެއްގެ ކުއްޔަކީ 3900 ރުފިޔާކަމަށް އެ ސްކޫލުން ބުންޏެވެ.
މި މަހު 23 ވަނަ ދުވަހުގެ ރޭ 20:15 ގައި ފެށުމަށް ހަމަޖެހިފައިވާ މިކާނިވަލް 4 ދުވަހުގެ މުއްދަތަކަށް ކުރިޔަށް ދާނެ އެވެ.
މި ކާނިވަލް ހުޅުވިފައި ހުންނާނީ ހާވީރު 4:00 އިން 06:00 އަށެވެ. އަދި ރޭގަނޑުގެ 08:15 އިން 11:00 އަށެވެ. އަދި ހާއްސަ ލަކީ ޑްރޯއެއް ލިބިގެންދާނެ އެވެ. މިކާނިވަލްއަށް ވަނުމުގެ ޓިކެޓް އަގަކީ އެންމެ 10 ރުފިޔާއެވެ.
ސްކޫލުގެ އިސް ދަރިވަރުން ހުށަހަޅަދިން އަލިފާނުގެ ކުޅިވަރުގެ ތެރެއިން-
މިއީ ސްކޫލް ޕީޓީއޭ ކޮމެޓީއެއްގެ ފަރާތުން އިންތިޒާމުކޮށްގެން މިފަދަ ބޮޑު ކާނިވަލްއެއް ކުޅުދުއްފުށީގައި ބޭއްވޭ ފުރަތަމަ ފަހަރެވެ.