ކުޅުދުއްފުއްޓަށް ދިމާވެފައިވާ ފެން ބޮޑުވުމުގެ މައްސަލަ ހައްލުކުރުމަށްޓަކާ ގާއިމްކުރާ ފެން ހިންދާ ނިޒާމްގެ އަމަލީ މަސައްކަތްތައް ވިއްސާރަވުމުންގެ ސަބަބުން ބުރޫ އަރައިފި އެވެ.
ކުރީގެ ރަސްމީ ބޯޅަ ދަނޑު ކޮނެގެން އެތަނުގެ އަޑީގައި ކުދި ޓޭންކްތަކެއް ބަހައްޓައިގެން ހަދައި މިތަނުގެ މަސައްކަތްތައް ބުރޫ އެރީ ވޯޓާ ޓޭންކްތައް ބެހެއްޓުމަށް ފެށުމަށް ފަހު ދޭތެރެ ދޭތެރެއިން ރަށަށް ވާރޭ ވެހި އެވަޅުގަނޑުގައި ފެން ހެދޭތީ އެވެ.
ވޯޓާ ޓޭންކް ތައް އެތުރުމުންގެ މަސައްކަތް މިއަދު ކުރަނީ–ފޮޓޯ: ވާހިދު
މިތަނުގެ އަމަލީ މަސައްކަތް މިދިޔަ އޯގަސްޓްމަހު ފަށާފައިވާއިރު ދަނޑު ކޮނުމުގެ މަސައްކަތް ނިމި މިދި މިމަހު ވަނީ ކުދި ވޯޓާ ޓޭންކްތައް އަތުރަން ފަށާފަ އެވެ.
ގްލޯބަލް އެންވައިރަމެންޓަލް ފެސެލިޓީ(ޖެފް)ގެ ހިލޭއެހީއެއްގެ ދަށުން ކުޅުދުއްފުށީގައި ގާއިމްކުރާ ފެން ހިންދާ ނިޒާމްގެ މައިގަނޑު މަސައްކަތް 4 ހަފްތާތެރޭގައި ނިންމާލެވޭނެ ކަމަށް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ ކުރިން ބުނެފަވެ އެވެ.
ވޯޓާ ޓޭންކް ތައް އެތުރުމުގެ މަސައްކަތް މިއަދު ކުރަނީ–ފޮޓޯ: ވާހިދު
ކުޅުދުއްފުށީގެ ކުރީގެ ރަސްމީ ފުޓުބޯޅަ ދަނޑު (ޒިގްޒެގް ދަނޑު) މިޓޭންކަކީ 40 ޓަނުގެ ފެން އެއްފަހަރާ ޖަމާ ކުރެވޭ ވަރަށް ހަދާ ޓޭންކެކެވެ. ޓޭންކްގެ ބޮޑު މިނަކީ (68 މީޓަރ 95 މީޓަރ ފެތޭ 2584 ކޮޑި މީޓަރު ގެ ޓޭންކެއްކަމަށް މިނިސްޓްރީ ބުނެ އެވެ. އެއީ އެދަނޑުގެ ކުޅޭ ސަރަހައްދު އެއްކޮށެވެ.
މާލެ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމް.ޑަބްލިޔު.އެސް.ސީ) އާއި މޯލްޑިވްސް ރޯޑް ޑިވެލޮޕެމެން ކޯޕަރޭޝަން އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މިމަޝްރޫއުއަކީ ޕައިލެޓް ޕްރޮޖެކްޓެވ