ކުޅުދުއްފުށީގައި އިތުރު ފުޓްސަލް ދަނޑަކާއި 2 ބަށިކޯޓް އެޅުމަށް ހަމަޖެހިފައިވާކަމަށް ޔޫތް މިނިސްޓްރީ ވިދާޅުވެއްޖެ އެވެ.
“ކުޅުދުއްފުށި އޮންލައިނަށް” މައުލޫމާތު ދެއްމުން ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރުގެ ނާއިބު ނާއިފް ޝައުކަތު ވިދާޅުވީ އިތުރު ފުޓްސަލް ދަނޑަކާއި 2 ބަށިކޯޓެއް ކުރިއަށް އޮތް 6 މަސް ދުވަހުގެ ތެރޭގައި ތަރައްޤީ ކުރެވިގެންދާނެ ކަމަށެވެ.
ނާއިފް ވިދާޅުވީ ދެ ހަފްތާއެއްގެ ތެރޭގައި އެސްޓީއޯއާއި އެމްއާރުޑީސީއާ އެކު ފުޓްސަލް ދަނޑާއި ބަށިކޯޓްގެ އެއްބަސްވުމުގައި ސޮއިކުރެވިގެންދާނެ ކަމަށެވެ.
“މިއަންނަ ވީކް ނިމުމުގެ ކުރިން އެސްޓީއޯ އާ އެކު ސޮއިކުރެވޭތޯ މިބަލަނީ ، ހުއްދަތައް ވެސް ހުރީ ލިބިފަ.” ނާއިފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކުޅުދުއްފުށީ ކައުންސިލުން ޔޫތް މިނިސްޓްރީއަށް ވަރަށް ބޮޑަށް އެއްބާރުން ދޭ ކަމަށާއި އެގޮތުން ދަނޑުތައް މިނިސްޓްރީއަށް ރަޖިސްޓްރީކުރުމަށް ކައުންސިލް ދިން އެއްބާރުލުން ނާއިފް ފާހަގަކުރެއްވި އެވެ.
އަލަށް އަޅާ ފުޓްސަލް ދަނޑު އަޅަނީ ސްޓޭޑިއަމާއި ވީހާވެސް ދުރުގަ އޮންނަ ދަނޑެއްގައި ކަމަށާއި އެކަން ދަނޑު އަޅާނެ ތަނެއް އަދި މުޅިން ހަމަޖެހިފައިވާ ނުވާކަމަށް ނާއިފް ވިދާޅުވި އެވެ.
” ސްޓޭޑިއަމަކު ނޫން މިފަހަރު ފުޓްސަލް ދަނޑު އަޅަން ހަމަޖެހިފައިވަނީ އެއް. އެތަނާ ވީހާވެސް ދުރު ދަނޑެއް މިބަލަނީ. އަދި ދަނޑު އަޅާނެ ތަނެއް ފައިލް ކުރާނީ ކައުންސިލްގެ މަޝްވަރާއަށް ފަހު” ނާއިފް ވިދާޅުވި އެވެ.
މިއީ ރައީސް ޔާމީންގެ ސަރުކާރުން ކުޅުދުއްފުށީގައި އަޅާ ދެވަނަ ޓާފް ދަނޑުކަން ފާހަގަކޮށްލެވެ އެވެ.