ކޮންމެ މީހަކީވެސް ތަފާތު މީހެކެވެ. ކަންކަމުގައި ގެންގުޅޭ އުސޫލުވެސް ތަފާތެވެ. ތިމާ ގެންގުޅޭ އުސޫލުތަކުން ތިމާގެ ޝަހުސިއްޔަތު ދެނެގަނެ ވޭނެ އެވެ. ހަމަ އެގޮތަށް ލޮލުގެ ކުލައިންވެސް މީހާގެ ޝަހުސިއްޔަތު ދެނެގަނެވޭނެ ކަމަށް ދާދި ފަހުން ކުރި ދިރާސާ އަކުން ދައްކާފައި ވެއެވެ. މިހިމަނާލަނީ ދިރާސާއިން ފާހަގަ ކުރެވިފައިވާ ކަންތައްތަކެވެ.
ގަދަ މުށި ކުލަ/ކަޅު ކުލަ
ކަޅު ކަޅިއެއް ނަމަވެސް ސާފު ކަޅު ކުލައިގެ ކަޅި އެއީ މަދުން ފެންނަ ކުލަ އެކެވެ. މި ދިރާސާގައި ވާގޮތުން ކަޅު ކަޅި ނުވަތަ ގަދަ މުށި ކުލައިގެ ކަޅި ހުންނަ މީހުން ބެލެވިފައިވަނީ ސިއްރުވެރި ހިތްވަރު ގަދަ މީހުންގެ ގޮތުގަ އެވެ. އަދި އެކުވެރިންގެ މެދުގައި އިތުބާރު ހިފޭ މިނިވަންކަމަށް ލޯބި ކުރާނެ ފަރާތެއްގެ ގޮތުގަ އެވެ. އޭގެ އިތުރުން ކަމަށްކަމޭ ހިތާ ކަންކަން ހާސިލް ކުރުމަށް ބުރަކޮށް މަސައްކަތް ކުރާނެއެވެ.
މުށި ކުލަ/ މަޑު މުށި ކުލަ
މުށި ނުވަތަ މަޑު މުށި ކުލައިގެ ކަޅި ހުންނަ މީހުން ބެލެވިފައިވަނީ މަޖާ، މިނިވަން ބައެއްގެ ގޮތުގަ އެވެ. އަދި ތެދުވެރި ރައްޓެހިންނާ އެކު ވަގުތު ހޭދަކުރާހިތްވާ އެހެން މީހުންނަށް އެހީތެރިވާ އަމިއްލަ ނަފްސަށް އިތުބާރު އޮންނަ އެހެންމީހުންގެ ބަސް ގަބޫލް ކުރާ ބައެއް ގޮތުގައެވެ. އެހެން ނަމަވެސް އަމިއްލަ މައްސަލަތައް އެހެން މީހުންނާ ހިއްސާ ކުރުމަަށް މި މީހުންނަށް އުނދަގޫ ވާނެ ކަމަށް މި ދިރާސާގައި ވެއެވެ.
ހޭޒަލް
ހޭޒްލަ އަކީ މަޑު މުށި ކުލައާއި އަޅި ކުލައެއް އެއްވުމުން ކިޔާ ނަމެކެވެ. ހޭޒަލް ކަޅި ހުންނަ މީހުން ބެލެވެނީ މަޖާ، ޕޮޒިޓިވް ވިސްނުމެއް ހުންނަ ބައެއްގެ ގޮތުގައެވެ. އަދި މިމީހުން އަބަދުވެސް އައު ކަންކަން ތަޖުރިބާ ކުރަހިތްވާ ވާނެއެވެ. އަދި ހިތްވަރު ގަދަ އެކުވެރިންނާ ގާތްތިމާގެ މީހުންދެކެ ލޯބި ވާނެއެވެ. އެހެން ނަމަވެސް ބައެއް ފަހަރަށް ކަންކަން މަތިން ވަރަށް އަވަހަށް މިމީހުން ފޫހިވާ ކަމަށް މި ދިރާސާގައި ވެއެވެ.
ފެހި ކުލަ
ފެހި ކުލައިގެ ކަޅި ހުންނަ މީހުން ބެލެވިފައިވަނީ ސިއްރުވެރި ކަންކަން ހޯދުމަށް ފޯރި ހުންނަ ބައެއްގޮތުގައެވެ. ނުވަތަ ކެތްތެރިކަން ކުޑަ ބައެއްގެ ގޮތުގަ އެވެ. އަދި މިއީ ހިތްވަރުގަދަ ތޫނު ފިލި ބައެއްކަމަށް މި ދިރާސާގައި ވެއެވެ. އެހެން ނަމަވެސް މިމީހުން ވަރަށް އަވަހަށް ކަންކަމާ ޖެލަސް ވާނެއެވެ.
އަޅި ކުލަ
އަޅި ކުލައިގެ ކަޅި ހުންނަ މީހުންނަކީ މަޑު މައިތިރި، ކެތްތެރި ބައެއްކަމަށް މި ދިރާސާގައި ވެއެވެ. މި މީހުން އާންމުކޮށް އެހެން މީހުންނާ ސަމާސަކޮށް ހަދާ ބައެއް ނޫނެވެ. އަދި ރައްޓެހިންގެ މެދުގައި މިފަދަ މީހުންނަކީ އިތުބާރު ކުރުމަށް އުނދަގޫ ސީރިއަސް ބައެއްގެ ގޮތުގައި ފާހަގަ ކުރެވޭ ބައެކެވެ.