މަޤާމުގެ ނުފޫޒާއި ރަހްމަތްތެރިކަމުގެ ގޮތުންނާއި އެނޫންވެސް އެހެން ގޮތްގޮތުން އެކަމެއް ކުރަން އޮންނަ މަގު ނޫން ” ޗާޓުން ” ބޭރުން ގޮސްގެން އެއްވެސް ކަމެއް ހާސިލެއް ނުކުރާނެއް ކަމަށް އަފީފުއްދީން ސްކޫލުގެ ޕްރިންސިޕަލް އާދަމް މޫސާ ވިދާޅުވެއްޖެ އެވެ
އަފީފުއްދީން ސްކޫލުގެ ކެޑޭޓް އިފްތިތާހް ކުރުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޕްރިންސިޕަލް އާދަމް ވިދާޅުވީ ކެޑޭޓް އިފްތިތާހްކުރެވުނީ ވަރަށް ބޮޑެތި ގޮންޖެހުންތަކާއި ހުރަސްތަކަށް ފަހު ކަމަށެވެ.
” ރަހުމަތްތެރިކަމުގަ އާއި މަގާމުގެ ނުފޫޒް ބޭނުން ކޮށްގެން އެކިއެކި ގޮތްގޮތްތައް ކަންތައް ކުރުމަކީ އަޅުގަނޑު ގަބޫލުކުރާ އުސޫލެއް ނޫން. އަޅުގަނޑުގެ ދަރިވަރުންނަށް ވެސް ދަސްކޮށްދޭން ބޭނުންވަނީ އަބަދުވެސް އެ އޮންނަ އުސޫލުތަކުގެ ތެރެއިން އެ އޮންނަ ގަވައިދުގެ ދަށުން ކުރަމުން ގެންދިއުން ” ޕްރިންސިޕަލް އާދަމް މޫސާ ވިދާޅުވި އެވެ.
އަފީފުއްދީން ސްކޫލުގެ ކެޑޭޓް ކޯ އިފްތިތާހް ކުރުމުގެ ގޮތުން ގައުމީ ކެޑޭޓް ކޯގެ ދިދަ އެސްކޫލާ ހަވާލުކޮށްދެނީ
ބޭނުންވާ ކަމެއް ހާސިލް ނުވުމުން މަގުކުރުކޮށްލާފަ ޗާޓުން ބޭރުން ، އުސޫލުން ބޭރުން ގޮސްގެން އެއްވެސް ކަމެއް ހާސިލެއް ނުކުރާނެއްކަމަށް އާދަމް ވިދާޅުވި އެވެ. އަދި ނެޝަނަލް ކެޑޭޓް ކޯ އަށް ނުގުޅިގެން ކެޑޭޓް ކަންކަމުގައި ޒިންމާވާނެ ފަރާތެއް ނޭގި ދޮޅު އަހަރު ފާއިތުވިކަން އާދަމްގެ ވާހަކާގައި ފާހަގަކުރެއްވި އެވެ.
އާދަމް މިހެއް ވިދާޅުވެފަމިވަނީ އެސްކޫލުގެ ކެޑޭޓް ހުވާނުކުރެވި ގިނަ އަހަރުތަކެއްވެ އެކަމާ ހިތްހަމަ ނުޖެހިގެން ގިނަ ބެލެނިވެރިންތަކެއް ޝަކުވާކޮށްފަ ވަނިކޮށެވެ.