twitterviber whatsapp telegramfacebookyoutube instagram
12th April 2026

ކުޅުދުއްފުށީ ބާސްކެޓް ކޯޓް އަލުން ހަދަން 1.3 މިލިއަން ރުފިޔާއަށް ބަޔަކާ ހަވާލުކޮށްފި

Sep 10, 2015

ވީރާނާވެ އަލާކުވެފައިވާ ކުޅުދުއްފުށީ ބާސްކެޓް ކޯޓް އަލުން ހަދަން 1.3 މިލިއަން ރުފިޔާއަށް ބަޔަކާ ހަވާލުކޮށްފި އެވެ.

ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރުގެ ނާއިބު ނާއިފް ޝައުކަތު ވިދާޅުވީ ކުޅުދުއްފުށީގައި ހަދާފައިވާ ބާސްކެޓް ކޯޓް ނަގާ، އަލުން އެތަނުގައި ބާސްކެޓް ކޯޓެއް އެޅުމަށް އާދިއްތަ ދުވަހު ބަޔަކާ ހަވާލުކޮށްފައިވާނޭ ކަމަށެވެ.

” ބާސްކެޓް ކޯޓް މަރާމާތު ކުރާކަށް ނޫން މިހަވާލުކުރީއެއް. މިހާރު އެއޮތް ކޯޓް އެތަނު ނަގާފައި އަލުން އާ ކޯޓެއް އަޅަން މިހަވާލުކުރީ ” ނާއިފް ވިދާޅުވި އެވެ.

70 ދުވަހުގެ ތެރޭގައި ނިންމަ ހަވާލުކުރި މި މަސައްކަތް ހަވާލުކުރީ ކޮން ފަރާތަކާ ކަމެއް ނާއިފް ވިދާޅެއް ނުވެ އެވެ.

އޭނާ ވިދާޅުވީ ސަރުކާރުގެ ވައުދުތައް ފުރިހަމަ ކުރުމުގައި ރަނގަޅު ސްޕީޑެއްގައި ކުރިއަށްދާ ކަމަށެވެ. އަދި އައްޑޫ އާޢި ކުޅުދުއްފުއްޓާ ތަފާތެއް ނުކޮށް ސަރުކާރުން ތަރައްޤީގެ މަޝްރޫއު ތައް ކުރިއަށްގެންދާ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355