twitterviber whatsapp telegramfacebookyoutube instagram
13th August 2026

މޯލްޑިވްސް އޯޕެން 2015 ބޮޑީބޯޑިންގ މުބާރާތުގެ ޓެލެކޮމް ޕާޓްނަރަކަށް ދިރާގު ހަމަޖައްސައިފި

Sep 10, 2015

ރާއްޖޭގައި ކުރިޔަށް ގެންދާ ބައިނަލްއަޤްވާމީ ބޮޑީބޯޑިންގ މުބާރާތް، މޯލްޑިވްސް އޯޕެން 2015 ގެ އޮފިޝަލް ޓެލެކޮމް ޕާޓްނަރަކަށް ދިރާގު ޕލކ ހަމަޖައްސައިފިއެވެ.

މޯލްޑިވްސް ބޮޑީބޯޑީންގ އެސޯސިއޭޝާނާޢި އޭޝިއަން ސާފިންގ ޗެމްޕިއަންޝިޕްސްއާއި ގުޅިގެން ކުރިޔަށް ގެންދާ މި މުބާރާތުގެ ޓެލެކޮމް ޕާޓްނަރޝިޕް އެއްބަސްވުމުގައި ދިރާގުގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ މާކެޓިންގ، ކޮމިއުނިކޭޝަންސް އެންޑް ޕަބްލިކް ރިލޭޝަންސް މެނޭޖަރ މުހައްމަދު މިރްޝާން ހަސަންއެވެ.

އަދި މޯލްޑިވްސސް ބޮޑީބޯޑިންގ އެސޯސިއޭޝަނުން ސޮއިކުރެއްވީ އެކުންފުނީގެ ރައީސް އަބްދުﷲ އަަރީފެވެ.

13 ސެޕްޓެމްބަރުން 16 ސެޕްޓެމްބަރަށް، ބޭއްވުމަށް ހަމަޖެހިފައިވާ މި މުބާރަތް ބޭއްވުމަށް އޮންނާނީ މިދިޔަ އަހަރުވެސް ބޭއްވި ރިސޯޓްކަމަށްވާ އަދާރަން ސިލެކްޓް ހުދުރަންފުށި ރިސޯޓުގައެވެ.

މުބާރާތުގައި އަންހެނުންނާއި ފިރިހެނުންގެ އޯޕެން ކެޓެގަރީ އިތުރުން ބޮޑީބޯޑިންގ އޯޕަން ކެޓެގަރީއެއްވެސް ހިމަނާފައިވެއެވެ. މި ތިން ކެޓެގަރީއަށް ޖުމްލަ 15،000 އެމެރިކާ ޑޮލަރުގެ ފައިސާގެ އިނާމު ވަނީ ހުށަހެޅިފައެވެ.

މިއަހަރުގެ މުބާރާތުގައި، އޮސްޓްރޭލިޔާ، ދެކުނު އެފްރިކާ، އިންޑޮނޭޝިޔާ، ފިލިޕީންސް، ދުބާއީ، އެމެރިކާ، ފްރަންސޭސި ވިލާތް، ޖަރުމަނު، ޖަޕާނު އަދި ޑޮމިނިކަން ރިޕަބްލިކް ފަދަ ގައުމުތަކުން ބައިވެރިން ބައިވެރިވާނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355