twitterviber whatsapp telegramfacebookyoutube instagram
1st June 2026

އޮމާން ހަންގަނޑެއް ބޭނުންނަމަ

Dec 21, 2015

ވަކި ހާއްސަ ޑައިޓެއް ބޭނުން ވަނީ ހަމަ އެކަނި ބަރުދަން ލުއި ކުރާކަށް ނޫނެވެ. ހަށިގަނޑު ބަރުންދަން އެއްވަރެއްގައި ހިފެއްހެއްޓުމުގެ އިތުރުން ދުޅަ ހެޔޮ ސިއްހަތަކަށް ވެސް ރަގަނޅު ޑައިޓެއް ބޭނުން ވެއެވެ. އަދި މި ޑައިޓެއްގެ ތެރެއިން ހަންގަނޑު އޮމާންކޮށް ބެހެެއްޓުމަށް ބޭނުން ވާނަމަ ބައެއް ކާނާ އިތުރު ކުރެވިދާނެ އެވެ.

އެގޮތުން ގްރީން ޓީ، އެވަކާޑޯ، ޑާރކް ޗޮކުލެޓް، ހިމެނިދާނެ އެވެ.

ޑާރކް ޗޮކުލެޓުގައި ހިމެނޭ ޕްލޭވަނޮއިޑްސް ގެ ސަބަބުން އިރު ގެ ދޯދިތަކުން ހަންގަނޑަށް ލިބޭ ގެންލުންމުން ދުރުކޮށްދެ އެވެ. އަދި ލޭ ދައުރުކޮށްދޭ މިންވަރު އިތުރުކޮށްދީ ހަންގަނޑު ރީތި ކޮށްދެއެވެ.

ގްރީން ޓީއަކީ ގިނަ އަދަދަކަށް އެންޑިއޮކްސޮޑެންޓް ހިމެނޭ އެއްޗެކެވެ. ގަވައިދުން ގްރީން ޓީ ބޭނުން ކުރާނަމަ މޫނުގައި ރޫ ޖެހުމާއި ހަންގަނޑު ކުރަކި ވުމުން ދުރުކޮށްދެއެވެ.

އެވަކާޑޯ ގައި ހިނެމޭ ނިއުޓްރިޝަންއަކީ ހަށިގަނޑަށް މުހިއްމު މާއްދާ އެކެވެ. އެގޮތުން ގިނައިން އެވަކާޑޯ ބޭނުން ކުރާނަމަ ހަންގަނޑުގައި ހަލާކުވެފައި ހުންނަ ތަންތަން ފަސޭހަކޮދީ ހަންގަނޑު އޮމާން ކޮށްދިނުމަށް ދިނުމަށް އެހީތެރިވެއެވެ.

އޭގެ އިތުރުން ހަންގަނޑު ރީތިކޮށް ދެމެހެއްޓުމަށްޓަކައި ދުވާލަކު މަދުވެގެން 2 ލީޓަރ ފެންބުއިމަކީވެސް ފައިދާހުރި ކަމެކެވެ. ފުރިހަމަ ޑައިޓާކާއި އެއްވަރަށް ހަށިގަނޑަށް ފެންނުލިބޭނަމަ އެކަށީގެންވާ ފައިދާ ހަށިގަނޑަކަށް ނުކުރާނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355