twitterviber whatsapp telegramfacebookyoutube instagram
12th April 2026

އިހަވަންދޫ މަދަރުސާގެ އެންމެ މޮޅު ދަރިވަރުގެ މަގާމު އިބުރާހިމް ވަހީދަށް

Sep 12, 2015

އިހަވަންދޫ މަދަރުސާގެ މިދިޔަ އަހަރު ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރުގެ މަގާމު އެރަށު ނަލަހިޔާގެ، އިބުރާހިމް ވަހީދު ހޯދައިފި އެވެ.

އިބުރާހިމް ވަހީދު ވަނީ 2014 ވަނަ އަހަރުގެ އޯލެވެލް އިމްތިހާނުގައި 7 މާއްދާއިން އޭ ފާސް ހޯދާފަ އެވެ. އޭނާ ވަނީ ސާނަވީ ބައިން ނެޝަނަލް ޓޮޕް ޓެންއިން މުޅި ރާއްޖެއިން 2 ވަނަ ހޯދާފަ އެވެ.

ރޭގެ އިހަވަންދޫ މަދަރުސާގައި ބޭއްވި އިނާމް ދިނުމުގެ ޖަލްސާ  ޝަރަފުވެރިކޮށްދެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމެވެ.

ހާއްސަ ވަނަތަކަށް ހޮވުނު ދަރިވަރުންނަށް އިނާމާއި ހަނދާނީ ލިޔުން ހަވާލު ކޮށްދެއްވީ މިނިސްޓަރެވެ. މިދިޔަ އަހަރުގެ ތައުލީމީ ގޮތުން އެންމެ ރަނގަޅު ސްކައުޓަކަށް ހޮވިފައިވަނީ 6 އޭގެ އާމިނަތު ޒަހާ ޒާހިރެވެ. ތައުލީމި ގޮތުން އެންމެ މޮޅު ކެޑޭޓަކަށް އައިޝަތު ނުރާ ހޮވުނުއިރު އެންމެ މޮޅު ސްކައުޓްގެ މަގާމު ލިބުނީ ލަޔާން އަހުމަދަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355