twitterviber whatsapp telegramfacebookyoutube instagram
12th April 2026

ޕްރެޒިޑެންޓްސް ކަޕް: ގުރޫޕް އޭ ގެ ހިމެނޭ ހުރިހާ ޓީމުތަކެއް ކުޅުދުއްފުއްޓަށް އަތުވެއްޖެ

Sep 13, 2015

ޕްރެޒިންޑެންޓްސް ކަޕްގައި ކުޅުދުއްފުށީ ގުރޫފްގައި ކުޅޭ ހަތަރު ޓީމް ކުޅުދުއްފުއްޓަށް އަތުވެއްޖެ އެވެ.

ކުޅުދުއްފުށީ ގުރޫޕްގައި ހިމެނެނީ ބީޖީ ސްޕޯޓާއި ނިއުރޭޑިންޓް، މަހިބަދޫ ސްޕޯޓްސް ކުލަބް އަދި ކުލަބް ޓީސީ އެވެ.

ކުލަބް ޓީސީ އިއްޔެ ރޭގެ ވަގުތެއްގައި ކުޅުދުއްފުއްޓަށް އައިސްފައިވާއިރު ނިއުރޭޑިއަންޓާއި މަހިބަދޫ ސްޕޯޓްސް އާއި ބީޖީ ސްޕޯޓްސް ކުޅުދުއްފުއްޓަށް އައިސްފައިވަނީ މިއަދު މެންދުރު އެވެ.

މިމަހު 15 ވަނަ ދުވަހުން ފެށުމަށް ހަމަޖެހިފައިވާ މިމުބާރާތުގައި ކުޅުދުއްފުށީ ގުރޫޕްގައި އެންމެ ފުރަތަމަ ބައްދަލުކުރަނީ ނިއުރޭޑިއަންޑާއި ބީޖީ ސްޕޯޓްސް އެވެ.

ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގައި ކުޅޭ މިމުބާރާތުގެ މެޗުތައް ޓީވީއެމް ވަގުތުން ދައްކާގޮތަށް ވަނީ ހަމަޖެހިފަ އެވެ

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355