ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުން ތައްޔާރުކުރާ ތަކެތި ބަންދުކޮށް ދިނުމުގެ ހިދުމަތް ނުވަތަ ޕެކޭޖިން ފެސިލިޓީސްގެ ހިދުމަތް ޑިސެމްބަރުމަހުގެ ކުރިން ކުޅުދުއްފުށީގައި ދެވެން ފެށޭނެ ކަމަށް ކުޅުދުއްފުށީގައި ހުންނަ ބިޒްނަސް ސެންޓަރުގެ މެނޭޖަރު އިބްރާހިމް އިމާދު ވިދާޅުވެއްޖެ އެވެ.
“ކުޅުދުއްފުށި އޮންލައިނަށް” ދެއްވި އިންޓަވިއުގައި އިމާދު ވިދާޅުވީ ޕެކޭޖިން ފެސިލިޓީސް ގާއިމްކޮށް އެތަނުގެ ހިދުމަތްދިނުމަށް އެމްއޯޔޫގައި ސޮއިކުރެވި މިއަހަރު މެހި މަހު ބަޔަކާ ހަވާލުކޮށްފައިވާ ކަމަށެވެ. އެމްއޯޔޫގައިވާގޮތުން އެމަސައްކަތް 6 މަސް ދުވަހުގެ ތެރޭގައި ފަށަން ޖެހޭނެ ކަމަށް އިމާދު ވިދާޅުވި އެވެ.
“މެއި މަހުގައި އެމްއޯޔޫގައި ސޮއި ކުރެވުނީ ޕާރޓްނާރ ޝިޕަކަށް ގޮސްގެން ދެން އެބޭފުޅުންނަށް 6 މަންތް ދީފަ އިންނާއީ ގޮތުގައި ތައްޔަރު ވާން. ޑިސެންބަރުގެ ނިޔަލަށް އެމީހުންގެ މުއްދަތު ހަމަވާނީ އެހާތަނަށް އެހާތަނަށް އެމީހުން އަޅުގަނޑުމެންނަށް އެއްޗެހި ޕްރޮވައިޑް ކޮށްދޭން ޖެހޭނީ ” އިމާދު ވިދާޅުވި އެވެ.
އެކަމަކު އެންމެ ފަހުން މާލޭން މީގެ 3 ވީކްސް ކުރިން އަޅުގަނޑު ބައްދަލުކޮށްލިން މި ހަވާލި ކުރި ފަރާތާ އެބޭފުޅުންގެ ޓައިމްލައި ދީފަ އޮތްގޮތުން އެބެފުޅުން ވިދާޅުވަނީ އިރާދަކުރެއްވިއްޔާ ޑިސެމްބަރ މަހުގެ ކުރިން އެ ހިދުމަތް ފަށާގަންނާނެ ކަމަށް މިހާރުވެސް މިަގުތު އެބޭފުޅުން މަސައްކަތް ކުރައްވަނީ
ޕެކިންނަށް ބޭނުންވާ މެޓީރިއަލް ހޯދައިގެން އެ ގެނައުމުގެ މަސައްކަތުގައި މިހާރުވެސް އެބޭފުޅުން ކުރިއަށް ގެންދާ ކަމަށާއި ޑިސެމްބަރު މަހުގެ ކުރިން މަސައްކަތް ފެށޭނެ ކަމަށް އެފަރާތު ބުނެފައިވާ ކަމަށް އިމާދު ވިދާޅުވި އެވެ. އިމާދު ވިދާޅުވި އެހިދުމަތް ދިނުމަށް ހަމަޖެހފައިވާ ތަނުގައި ކުރަންޖެހޭ ބައެއް މަރާމާތު ކުރުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާ ކަމަށެވެ.
އިމާދު ވިދާޅުވީ ޕެކޭޖިން ފެސިލިޓީސް ގާއިމްވުމުން ގޭގައި އަންހެންވެރި ތިބެގެން އުއްފަދާ ތަކެތި ރަނގަޅު ފެންވަރަކަށް ބަންދުކޮށް، ބުރޭންޑެޑް ކޮށްގެން މާކެޓަށް ނެރެ އޭގެ އިގްތިސާދަށް ހެޔޮ ބަދަލުތަކެއް ގެނައުން އެއީ މަގްސަދު ކަމަށެވެ.
” ގޭގައި ތިއްބަވައިގެން ހާއްސަކޮށް އަންހެން ބޭފުޅުން ކުރައްވަ މަސައްކަތް އެބޭފުޅުން އުފައްދާ ތަކެތި ރަގަނޅު ފެންވަރެއްގައި ކޮލިޓީ ޕެކިންއެންގައި ޕެކިން ކޮށްގެން އެ ފެސިލިޓީސް ނުވަތަ އެހިދުމަތް އަޅުގަނޑުމެން ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދިނުން މަގުސަދަކީ، އެބޭފުޅުން މި އުފައްދަ އެެއްޗެހިތައް ރަގަނޅު ގޮތުގައި ޕެކް ކޮށްގެން މާކެޓަށް ބްރޭންޑެޑް ކޮށްގެން އެ މާކެޓަށް ނެރެ އޭގެން ނަފަ ހޯދައިގެން އިގްތިސާދަށް ހެޔޮ ބަދަލުތަކެއް ގެނައުން އަޅުގަނޑު މެންގެ މައިގަނޑު މަގުސަދަކީ” އިމާދު ވިދާޅުވި އެވެ.
ފުރަތަމަ ބަންދުކުރަން ފަށާނީ ކޮތަޅުގައި ބަންދުކުރޭވޭ ތަކެއްޗަށް ކަމަށާއި އޭގެ ތެރެއިން މިހާރު ބަންދުކުރާނެ 4 އައިޓަމެއް ބަލައިފަވާނޭ ކަމަށް އިމާދު ވިދާޅުވި އެވެ.
ދުނިޔެ ގަބޫލުކުރާ ފެންވަރަށް ގާއިމްކުރާ މި ޕެކޭޖިންގ ފެސިލިޓީޒްގައި ތަކެތި ބަންދުކުރުމަށް ހަމަޖެހިފައިވަނީ ޕެޓް ފުޅި އާއި ބިއްލޫރި ފުޅި އަދި ކޮތަޅުގަ އެވެ. މި ޕެކޭޖިންގ ފެސިލިޓީސް އަކީ ހއ.ހދ އަދި ށ އަތޮޅުގެ ވިޔަފާރިތަކަށް ހާއްސަކޮށް ގާއިމްކުރާ ތަނެކެވެ.