މިނިވަން ފަންސާސް ފާހަގަ ކުރުމަށް އުރީދޫއިން ކުރިއަށް ގެންދިޔަ “ބިގް މިލިއަން އޮފަރ” ގައި އެއް މިލިއަން ރުފިޔާގެ ފައިސާގެ އިނާމު ލިބުނު ނަސީބުވެރިން އުރީދޫ އިން އިއުލާން ކޮއްފިއެވެ.
ދިޕްލަސްގައި ބޭއްވި ލައިވް ޕްރޮގުރާމެއްގައި ވަނީ “ބިގް މިލައަން ކޭޝް ޕްރައިޒް” ލިބިވަޑައި ގަންނަވާ ބޭފުޅުންގެ މެދުގައި ގުރުއަތުލައި ހޮވުނު ނަސީބުވެރުންނަށް އިއުލާން ކޮށްފައި އެވެ.
ޖޫން މަހުގެ 1 ން އޮގަސްޓް މަހުގެ ނިޔަލަށް ކުރިޔަށް ދިޔަ މި ޕްރޮމޯޝަނުގައި ޖުމްލަ 12000 އަށް ވުރެ ގިނަ ކަސްޓަމަރުންނަށް ވަނީ ތަފާތު އިނާމުތަކެއް ލިބިފައިއެވެ. މިގޮތުން އުރީދޫގެ “ބިގް މިލިއަން އޮފަރ” ގައި ބައިވެރިވެ ކަނޑައެޅިފައިވާ ވަރަށް ޕޮއިންޓް ހާސިލްކުރުމުން، ކަސްޓަމަރުންނަށް ކޮންމެ ދުވަހަކުވެސް ފްރީ މިނިޓްސް އަދި ޑޭޓާ ލިބުމުގެ އިތުރުން، ކޮންމެ ހަފްތާއެއްގެ ނަސީބުވެރިޔަކަށް އައިފޯން 6 އެއް ވަނީ ލިބިފައި ކަމަށް އުރީދޫއިން ބުނެ އެވެ.
މީގެ އިތުރުން ގްރޭންޑް ޓާރގެޓް ހާސިލްކުރެއްވި 39،000 އަށް ވުރެ ގިނަ ބޭފުޅުންގެ ތެރެއިން ލަކީޑްރޯ އެއް މެދުވެރިކޮށް އިއްޔެ ހޮވުނު 10 ނަސީބުވެރިންނަށް “ބިގް މިލިއަން ކޭޝް ޕްރައިޒް” ގެދަށުން، ކޮންމެ ބޭފުޅަކަށްވެސް 10،0000 ރުފިޔާގެ ލިބިގެންދާނެ ކަމަށްވެސް އުރީދޫއިން ބުނެއެވެ.
އުރީދޫގެ ސީއީއޯ ވިކްރަމް ސިންހަ ވިދާޅުވީ، އުރީދޫ އިން ބިގް މިލިއަން އޮފާ ތައާރަފްކުރީ ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިނިވަން ފަންސާސްފާހަގަކުރާ އިރު، އެކަމުގައި ބައިވެރިވެ، ވޭތުވެދިޔަ 10 އަހަރު ތެރޭގައި ރައްޔިތުން އެ ކުންފުންޏަށް ކޮށްފައިވާ އިތުބާރުގެ އަގު ވަޒަންކޮށް ޝުކުރު އަދާކުރުމަށް ކަމަށެވެ.