twitterviber whatsapp telegramfacebookyoutube instagram
8th November 2025

ނޭކުރަންދޫ ޖަލު އަޅައި ސަރަހައްދު މިނިސްޓަރު އުމަރު ބައްލަވާލައިފި

Sep 15, 2015

މިނިސްޓަރ އޮފް ހޯމް އެފެއާރޒް އުމަރު ނަސީރު އިއްޔެ ނޭކުރެންދޫއަށް ވަޑައިގެންފިއެވެ.

ނޭކުރަންދޫ ކައުންސިލުން ބުނީ މިނިސްޓަރުގެ މިދަތުފުޅުގެ ބޭނުމަކީ އެރަށުގައި ޖަލު އަޅައި ސަހަރައްދު ބަލައި ސާރވޭ ކުރުން ކަމަށެވެ.

މިނިސްޓަރ ނޭކުރެންދޫއަށް ވަޑައިގަތުމުން އެމަނިކުފާނަށް މަރުހަބާ ކިޔާފައިވަނީ ނޭކުރެންދޫ ކައުންސިލް މެމްބަރުންނާއި އިދާރީ މުވައްޒަފުންގެ އިތުރުން ނޭކުރެންދޫ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ފުލުހުންނެވެ.

މިނިސްޓަރުގެ މިދަތުރުފުޅުގައި ނޭކުރެންދޫ ކައުންސިލާއި ބައްދަލުކުރައްވާ ޖަލު އަޅާ ސަރަހައްދު ސާވޭ ކުރުމާ ބެހޭގޮތުން ވަނީ މަޝްވަރާކުރައްވާފަ އެވެ.

މިދަތުރުގައި ޑެޕިއުޓީ މިނިސްޓަރ އޮފް ހޯމްއެފެއަރޒް އަލްފާޟިލް ޢަބްދުﷲ ވަޙީދުއާއި، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަލްފާޟިލް ޙަސަން ޒިލާލުއާއި، އިނިސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސް އަފާޟިލް މުޙައްމަދު އިބްރާހިމްއާއި، ސަރވޭ ޓެކްނިކަލް ސްޓާފް އަލްފާޟިލް ޢަބްދުﷲ ޢަބްދުލް ޢަޒީޒް ގެ އިތުރުން ސަރވޭ ޓެކްނިކަލް ސްޓާފް އަލްފާޟިލް ޢަލީ ޝާމީ ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މިނިސްޓަރގެ މިދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިއަދު އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355