twitterviber whatsapp telegramfacebookyoutube instagram
12th September 2025

ވައިކަރަދޫ އީދު އުފާ

Sep 16, 2015

ވައިކަރަދޫގައި އީދު ފަހަގަ ކުރުމަށްޓަކައި ގިނަ ހަރަކާތްތަކެއް ރޭވިފައިވާ ކަމަށް އެކަން އިންތިޒާމް ކުރާ ފަރާތުން ބުނެފި އެވެ.

ކުޅުދުއްފުށީ އޮންލައިނަށް” މައުލޫމާތު ދެމުން ކުޅިވަރުތައް ރޭވެމުގައި އިސްކޮށް އުޅޭ ފަރާތެއްކަމަށް ވާ އަހުމަދު ސިފާހު ވިދާޅުވީ އީދާ ދިމާކޮށް” އެރަށުގައި ގިނަ ކުޅިވަރުތަކެއް ރޭވި ފައިވާ ކަމަށާއި އެގޮތުން އަންހެނުން ގެ ބަށި، ކުޑަ ކުދިންގެ ހަވީރު، ބައިބަލާ އަދި މަލްޓި ޓާސްކް ގްރިލް އެއް ހިމެނޭ ކަމަށެވެ.

މާލޭއިން ރަށަށް އަންނަ މީހުންނަށް ހާއްސަކޮށް ކުރު ފަލި ޖެހުމަށް ހަމަޖެހިފައިވާ ކަމަށާއި އަދި ހާއްސަ ޖާފަތަކާއި ފެމެލީ ގެދަރިންނެއްވެސް ރޭވިފައިވާނެ ކަމަށްވެސް ސިފާހު މައުލޫމާތު ދިނެވެ.

އައިޓަމްތައް ސްޕޮންސަރ ކުރުމުގެ ފުރުސަތު މިހާރުވެސް ހުޅުވާލާފައިވާނެ ކަމަށާއި މިއީ ޒުވާނުން އިސްނަގައިގެން ރަށު ކައުންސިލާ، ރަށު މަދަރުސާ އަދި ޕީޓީއޭ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަ ކުޅިވަރުތަކެއް ކަމަށް ސިފާހު މައުލޫމާތު ދިނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355