twitterviber whatsapp telegramfacebookyoutube instagram
1st June 2026

އޭއީސީ ހޯލްގެ މަސައްކަތް ނިންމާ، ސްކޫލާއި ހަވާލުކޮށްފި

Sep 15, 2015

ހދ އަތޮޅު ތައުލީމީ މަރުކަޒުގެ ހޯލް އިމާރާތުގެ މަސައްކަތް ނިންމާ،ހޯލް އެސްކޫލާ ހަވާލުކޮށްދީފި އެވެ.

2011 ވަނަ އަހަރު ބިންގާ އެޅުނު އެ ހޯލަކީ ދިގުމިނުގައި 136 ފޫޓު އަދި ފުޅާ މިނުގައި 70 ފޫޓު ހުންނަ ގޮތަށް އިމާރާތް ކުރުމަށް ހަމަޖެހިފައިވާ ހޯލެކެވެ. 500 މީހުންހެ ޖަގައިގެ މި ހޯލުގައި ސްޓޭޖަކާއި ގުދަނެއްގެ އިތުރުން ވުޟޫ ކުރާ ބަޔަކާއެކު ނަމާދު ކުރާ ކޮޓަރިއެއް އަދި ދެ ޖިންސްގެ ކުދިންނަށް ވަކިން 2 ޗޭންޖިންގ ރޫމެއް ހިމެނެ އެވެ.

މި ހޯލުގެ މަސައްކަތް ކުރުމަަށް ފުރަތަމަ ހަވަލުކުރެވިފައިވަނީ 8 މަސް ދުވަހުގެ ތެރޭގައި ނިންމުމަށް ޔުމާން ކޮންސްޓްރަކްޝަން އާއި އެވެ.

އޭއީސީ ހޯލްގެ އާ އިމާރާތް–

އެހެން ނަމަވެސް މަސައްކަތް ހަވާލު ކުރިތާ އަހަރެއްފާއިތުވެ ދިޔައިރު އެ ކުންފުނިން މަސައްކަތް ފަށާފައިނުވާތީ ފަހުން އެމަސައްކަތް 350 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވަނީ ސްވިފްޓް އިންގިނިއަރިންނާ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355