twitterviber whatsapp telegramfacebookyoutube instagram
13th August 2026

ހޮޓެލް އޭޝިއާ އެގްޒިބިޝަންގެ އޮފިޝަލް ޓެލެކޮމް ޕާޓްނަރަކަށް ދިރާގު ހަމަޖައްސައިފި

Sep 19, 2015

ހޮޓެލް އޭޝިއާ އެގްޒިބިޝަން 2015 އޮފިޝަލް ޓެލެކޮމް ޕާޓްނަރަކަށް ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ޓެލެކޮމިއުނިކޭޝަން ހިދުމަތް ދެމުން އަންނަ ދިރާގު ހަމަޖައްސައިފި އެވެ.

މީގެ އިތުރުން ކަލިނަރީ ޗެލެންޖްގެ ޓެލެކޮމް ޕާޓްނަރަކަށް ވެސް ދިރާގު ވަނީ ހަމަޖައްސާފައިވެއެވެ.

ހޮޓެލް އޭޝިއާ އެގްޒިބިޝަން މި މަހުގެ 19 އިން 21 އަށް ހަމަޖެހިފައިވާ އިރު ކަލިނަރީ ޗެލެންޖު ކުރިޔަށްދާނީ މި މަހުގެ 18 އިން 21 އަށެވެ. މި ދެ އިވެންޓުވެސް ބޭއްވުމަށް ހަމަޖެހިފައިވަނީ ދަރުބާރުގޭގައި އެވެ. އަދި މިއީ ރާއްޖޭގައި ބޭއްވޭނެ މިފަދަ އެންމެ ބޮޑު އެގްޒިބިޝަނެވެ.

މި އެގްޒިބިޝަންގައި 48 ރިސޯޓަކުން 450 ޝެފުން ބައިވެރިވާއިރު ދިރާގުން ބުނީ ހޮޓެލް އޭޝިއާ އެގްޒިބިޝަންގައި މިއަހަރު 200 އަށް ވުރެ ގިނަ ކުނަފުނިން ބައިވެރިވާނެ ކަމަށެވެ.

5000 އަށް ވުރެ ގިނަ މީހުން ޒިޔާރަތް ކުރާނެ ކަމަށް ލަފާ ކުރެވޭ މި އެގްޒިބިޝަންގެ ޓެލެކޮމް ޕާޓްނަރަކަށް ވުމުގެ ފުރުސަތު ލިބުމަކީ އެކުންފުންޏައް ލިބޭ ވަރަށް ބޮޑު ޝަރަފެއް ކަމަށް ދިރާގުން ބުނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355