twitterviber whatsapp telegramfacebookyoutube instagram
28th November 2026

މަސްތުގެހާލަތުގައި ހުރި މީހަކު ކުޅުދުއްފުށިން ހައްޔަރުކޮށްފި

Sep 19, 2015

މަސްތުގެހާލަތުގައި ހުރިކަމަށް ޝައްކުކުރެވިގެން ސުވާލުކުރުމުން ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވި މީހަކު ކުޅުދުއްފުށިން ހައްޔަރުކޮށްފި އެވެ.

ފުލުހުން މައުލޫމާތު ދޭ ގޮތުގައި މި މީހާ ހައްޔަރުކޮށްފައިވަނީ ކުޅުދުއްފުށީގައި މިހާރު ކުރިއަށްދާ ޕްރެޒިޑެންޓްސް ކަޕް މުބާރާތުގެ ކުޅުން ކުރިއަށް ދިޔަ ވަގުތު އެ ސަރަހައްދުގެ ތެރޭގައި ހުރި މީހަކު މަސްތުގެހާލަތުގައި ހުރިކަމަށް ޝައްކު ކުރެވިގެން ކަމަށެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 27 އަހަރުގެ ފިރިހެނެކެވެ. މި މީހާ ހައްޔަރުކޮށްފައިވަނީ އިއްޔެގެ މެޗު ކުރިއަށް ދިޔަ ގަޑީގައެވެ.

ފުލުހުން ހައްޔަރުކުރި މި މީހާގެ ކުޑަކަމުދާތަކެތި ތަހުލީލު ކުރިއިރު މަސްތުވާތަކެތީގެ ތަފާތު 2 ބާވަތަކަށް ޕޮޒިޓިވް ވެފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ހައްޔަރުކުރެވުނު މީހާ ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދިއުމަށް 15 ދުވަހުގެ ބަންދުގެ މުއްދަތެއް ކުޅުދުއްފުށީ ކޯޓުން ވަނީ ދީފައެވެ.

މިހާރު ކުރިއަށްދާ ޕްރެޒިޑެންޓްސް ކަޕް ފުޓްބޯޅަ މުބާރާތާ ގުޅިގެން ސަލާމަތީ ކަންތައްތައް ފުލުހުން ވަނީ ކުރިއަށްވުރެ ހަރުދަނާ ކޮށްފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293