twitterviber whatsapp telegramfacebookyoutube instagram
23rd August 2025

މަކުނުދޫއިން ކާޑުގެ ބާވަތްތައް ހުސްވެފައި އޮންނަތާ ހަފްތާއެއް

Sep 20, 2015

މޫސުން ގޯސްވެ ކަނޑު ދަތުރުފަތުރަށް ހުރަސްއެޅުމުގެ ސަބަބުން ހދ. މަކުނުދޫ އިން ކާޑުގެ ބާވަތްތައް ހުސްވެ ނުލިބޭތާ ހަފްތާއެއް ވެފައިވާ ކަމަށް އެރަށު ކައުންސިލުން ބުނެފި އެވެ.

މަކުނުދޫ ކައުންސިލްގެ ނައިބު ރައީސް އިބްރާހިމް ވިދާޅުވީ އެރަށުގެ ކާޑުގެ ބާވަތްތައް ހުސްވެ، ހަނޑޫ، ހަކުރު އަދި ފުށް ހުސްވެފައިވާ ކަމަށާއި ރަށުގެ އެއްވެސް ފިހާރައަކުން މިހާރު ގަންނަން ނުލިބޭ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ރަށުގެ ގިނަ ބަޔަކަށްދަތިތަކާ ކުރިމަތިވާކަމަށް އޭނާ ވިދާޅުވި އެވެ.

ކުރިން ކުޅުދުއްފުށިން މުދާ ގެންނަ ފެރީވެސް ކަނޑު ގަދަވުމުގެ ސަބަބުން މިދުވަސްވަރު ދަތުރު ނުކުރާ ކަމަށް ވަހީދު ވިދާޅުވި އެވެ. އަދި މާދަމާ މާލެއިން ފުރަން ހަމަޖެހިފައިވާ ބޯޓު މޫސުން ގޯސްނަމަ ނުފުރާނެ ކަމަށްވެސް އެނާ ވިދާޅުވި އެވެ.

މީގެ ކުރިން ކުޅުދުއްފުށިން ވެސް މުދާ ގެންނަކަމަށާއި އެހެންނަމަވެސް މޫސުން ގޯސްވުމުން ފެރީގެ ހިދުމަތް މެދުކަނޑާލާފައި އޮންނަތާ ދުވަސްކޮޅެއް ވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މަކުނުދޫގައި 1600 ހާ މީހުންގެ އާބާދީއެއް އޮވެއެވެ. އަދި ޖުމްލަ 12 ފިހާރަ ހުރެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355