twitterviber whatsapp telegramfacebookyoutube instagram
7th November 2025

މަކުނުދޫން ކާޑުގެ ބާވަތްތައް ހުސްވުމުން ކުޅުދުއްފުށިން ކާޑު ފޮނުވައިފި

Sep 21, 2015

ހދ މަކުނުދޫއިން ކާޑުގެ ބާވަތްތައް ހުސްވުމާ ގުޅިގެން އެރަށަށް މިއަދު ކާޑުގެ ބާވަތްތައް ފޮނުވައިފި އެވެ.

ކުޅުދުއްފުށީ އޮންލައިނަށް މައުލޫމާތު ދެއްވަމުން ހދ އަތޮޅު ކައުންސިލްގެ މީޑިއާ ކޯޑިނޭޓަރ މުހައިމިން ވިދާޅުވީ ކާޑުގެ ބާވަތްތައް ހުސްވެގެން އެރަށުން ރިޕޯޓްކޮށްފައިވަނީ އިއްޔެ ކަމަށާއި ރިޕޯޓް ކުރުމާ ގުޅިގެން އެސްޓީއޯ ކުޅުދުއްފުށީ ބްރާންޗާ ވާހަކަ ދައްކައިގެން ސްޓޮކް ހަމަޖެއްސުމަށް ފަހު މިއަދު މެންދުރު ފަހު ފޮނުވާލާފައި ވާނެ ކަމަށެވެ.

އެރަށަށް  ފޮނުވާފައިވަނީ 20 ބަސްތާ ހަކުރާއި 25 ބަސްތާ ހަނޑޫ އަދި 25 ބަސްތާ ފުށްކަމަށް މުހައިމިން ވިދާޅުވި އެވެ.

މި ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މަކުނުދޫއިން ކާޑުގެ ބާވަތްތައް ހުސްވެފައިވަނީ މޫސުން ގޯސްވެ ދަތުރުފަތުރު ކުރުމަށް އުދަނގޫތަކެއް ކުރިމަތިވެފައިވާތީ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355