twitterviber whatsapp telegramfacebookyoutube instagram
7th November 2025

ހަނިމާދޫ އީދު އުފާ: މިއަހަރުވެސް ތަފާތު ކުޅިވަރުތަކެއް

Sep 22, 2015

ހަނިމާދޫގައި ބޮޑު އީދު ފާހަގަ ކުރުމަށްޓަކައި އަންހެނުންނަށް ހާއްސަ ޓާސްކު ކުޅިވަރު ހަރަކާތްތަކެއް ރޭވިފައިވާ ކަމަށް އެކަން އިންތިޒާމް ކުރާ ފަރާތްކަމަށްވާ ކެތި އަރާ އިން ބުނެފި އެވެ.

މި ކުޅިވަރުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ މިދިޔަ  އާދިއްތަ ދުވަހު ހަވީރު 4 ޖެހުމާއި ހަމަޔަށް ހުޅުވާލާފައި އެވެ. އަދި މި ކުޅިވަރު އޮންނާނީ ހަނިމާދު ބަނދަރުގައި އޮންނަ ސްޓޭޖު ސަރަހައްދުގައި ކަމަށް ކެތި އަރާއިން މައުލޫމާތު ދިނެވެ.

މި ކުޅިވަރުގައި ބައިވެރިވުމުގެ ފުރުސަތު ހަމަވެފައި ވާއިރު ޖުމްލަ 70 އަންހެނުން ބައިވެރިވެފަވެ އެވެ. އެއީ 14 ޓީމެވެ.

މީގެ އިތުރުން އަންހެނުންގެ ބަނޑިޔާ ޖެހުމާއި މާފަތި ޖެހުން އަދި ބައިޕޮޅި ޖެހުން ވެސް މި ސަރަހައްދުން ފެނިގެންދާނެކަމަށް ކެތި އަރާއިން ބުނެ އެވެ.

މި ފަހަރުގެ ބޮޑު އީދުގައި ހަނިމާދޫގައި މަޝްހޫރު ބޮޑުމަސް ފަދަ ސަގާފީ ބައެއް ކުޅިވަރުތަށް ވިއްސާރަ ވުމުގެ ސަބަބުން ކެންސަލް ކުރެވިފައި ވާކަމަށް ކެތި އަރާއިން ބުންޏެވެ.

ހަނިމާދޫގައި މިފަހަރުގެ ހަރަކާތްތައް ހިނގަމުންދަ ވަގުތު ހާއްސަ އިނާމެއް ހުށެއެޅިފައިވާ ކޫޕަނެއް ދޫކުރަމުން ދާނެ ކަމަށާއި ގުރުއަތުން ހޮވޭ ފަރާތަށް އިނާމެއްގެ ގޮތުން 32 އިންޗީގެ ފަތި ޓީވީއެއް ލިބޭނެ ކަމަށް ކެތި އަރާއިން ބުންޏެވެ.

ވޭތުވެދިޔަ ފިތުރު އީދުގައި ކެތިއަރާ ބޮޑުބެރު ގުރޫޕުން އިންތިޒާމުކޮށްގެން ވަނީ ހަނިމާދޫގައި މަސްރޭހެއް ބާއްވާފައި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355