twitterviber whatsapp telegramfacebookyoutube instagram
13th August 2026

ޖާލާލީ ކާނިވަލުގައި ޖާދޫގެ ހަރަކާތްތައް ހުށަހެޅުމަށް ލަންކާއިން ދެ ޖާދޫގަރަކު ގެނެސްފި

Sep 23, 2015

މިރޭ ޖަލާލުއްދީން ސްކޫލުގައި ފަށާ “ޖަލާލީ ކާނިވާ” އަށް ލަންކާގެ މަޝްހޫރު 2 ޖާދޫގަރަކު ގެނެސްފި އެވެ.

މިރޭ އަދި މާދަމާރޭ ބޭއްވުމަށް ހަމަޖެހިފައިވާ މި މެޖިކް ޝޯގައި ތަފާތު ވައްތަރުގެ ޖާދޫ އަދި އިލިއުޝަންތައް ދައްކާލުމަށް ހަމަޖެހިފައި ވެއެވެ.

ކުޅުދުއްފުށީ އޮންލައިނަށް މައުލޫމާތު ދެމުން މިޝޯގައި ޖާދޫ ހެދުމަށް ހަމަޖެހިފައިވާ ޖާދޫގަރެއްކަމަށްވާ އެމިލް ބުނީ މިޝޯގައި ކޮމެޑީ މެޖިކް، އިލިއުޝަން އަދި ބެލުންތެރިން ބައިވެރިކޮށްގެން ކުރިއަށް ގެންދެވޭނެ ކަހަލަ ގާދޫތައް ހުށައަޅައިދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އޭގެ އިތުރުން ދެރޭވެސް ހުށައަޅައިދޭ ޖާދޫތަށް ތަފާތު ވާނެކަމަށާއި ބެލުންތެރިން ޝައުގުވެރިވާ ކަހަލަ ޖާދޫތައް ހުށައަޅައިދިނުމަށް މަސައްކަތް ކުރާނެ ކަމަށް އެމިލް އިތުރަށް ބުންޏެވެ.

މެޖިކް ޝޯވގެ ޓިކެޓްތައް މިހާރުވެސް ވިކެމުންދާކަމަށް ޖަލާލުއްދީން ސްކޫލުން މައުލޫމާތު ދެއެެވެ. ޝޯގެ ޓިކެޓްގެ އަގަކީ 50 ރުފިޔާ އެވެ.

ޓިކެޓް ދޫކުރަމުން ދަނީ ހެނދުނު 9:00 ން ހަވީރު 03:00 އަށް ޖަލާލުދީން ސްކޫލް އޮފީހުންނެވެ.

ޖާދުލުގެ އިތުރުން ކާނިވަލްގައި އެނބުރޭ އުދޯލި އަދި ބިރުވެރި ހޮޅަވެސް ހިމެނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355