twitterviber whatsapp telegramfacebookyoutube instagram
12th April 2026

އެސްޓީއޯ ކުޅުދުއްފުށީ މަސްރޭސް ކައުންސިލުން ކާމިޔާބުކޮށްފި

Sep 26, 2015

އެސްޓީއޯ ކުޅުދުއްފުށީ މަސްރޭހުގެ ޗެމްޕިއަންކަން ކުޅުދުއްފުށި ކައުންސިލުގެ ޓީމް ހޯދައިފި އެވެ.

މި މަސްރޭހުގެ ވަނަތަކަށް ދިޔަ ޓީމުތަކަށް އިނާމު ހަވާލުކުރުމުގެ ގޮތުން އީދު ދުވަހުގެ ރޭ ވަނީ ކުޅުދުއްފުށި ވެލިގަނޑު ސަރަހައްދުގައި ބޮޑުބެރު ޝޯ އަކާއެކު ރަސްމިއްޔާތެއް ބާއްވާފައި އެވެ.

މަސްރޭހުގެ ޗެމްޕިއަންކަން ހޯދި ޓީމަށް 5000 ރުފިޔާގެ ފައިސާގެ އިނާމެއް ދީފައިވާއިރު ރަނަރަޕް ޓީމަކަށް ހޮވުނު ކަސްޓަމްސްގެ ޓީމަށް ވަނީ 3000 ރުފިޔާގެ ފައިސާގެ އިނާމެއް ދީފަ އެވެ.

މި މަސްރޭހުގައި 9 ކިލޯ ގުރާމްގެ އެންމެ ބަރު މަސް ބާނާފައި ވަނީ ޕޮލިސް ޓީމުގެ އަލީ އިބުރާހިމް އެވެ. އަދި 32 މަހާއެކު އެންމެ ގިނަ މަސް ބޭނި ފަރާތަކަށް ހޮވިފައިވަނީ އަފީފުއްދީން ޓީމްގެ މުޙައްމަދު ވަހީދު ހަސަން (ރިއޯ)  އެވެ.

އެސްޓީއޯ ކުޅުުދުއްފުށީ ބްރާންޗުގެ ފަރާތުން އަޟްހާ އީދާ ދިމާކޮށް ކުޅުދުއްފުށީގެ ކުންފުނިތަކާ އޮފީސްތަކަށް ހުޅުވައިލައިގެން އީދު ދުވަހު ކުރިއަށް ގެންދިޔަ މި މަސްރޭހުގައި ޖުމްލަ 11 ޓީމަކުން ބައިވެރިވެފައި ވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355