twitterviber whatsapp telegramfacebookyoutube instagram
19th April 2024

އުދައެރުމުން ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށް ފުލުހުންނާއި ކައުންސިލުތައް ގުޅިގެން މަސައްކަތް ފަށައިފި

Sep 27, 2015

މިމަހުގެ 28 ވަނަ ދުވަހު ހިފާ ހަނދުކޭތަ އާއި ގުޅިގެން ދިޔަވަރަށް އަންނަ ބަދަލާއެކު ބައެއް ރަށްރަށަށް އުދަ އެރުމުގެ ފުރުސަތު އޮތްކަމަށް މޫސުމާ ބެހޭ އިދާރާއިން ހާމަކޮށް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ކުރެވެމުންދާ އިލްތިމާސާ ގުޅިގެން އެފަދަ ހާދިސާ އަކުން ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށް ކައުންސިލުތަކާއި މުވައްސަސާތަކާއި ރައްޔިތުންނާ ފުލުހުން ގުޅިގެން ބައެއް ރަށްރަށުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން ފަށާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

އެގޮތުން ހއ. ދިއްދޫގައި ކައުންސިލާއެކު މަޝްވަރާކޮށް ރަށުގެ ރައްޔިތުންނަށް އަޑުގަދަ ކުރާ ބޭނުންކޮށްގެން އިރުޝާދު ދެވިފައިވާ އިރު އެފަދަ ނުރައްކަލެއް ކުރިމަތި ވެއްޖެނަމަ ފަސޭހައިން ވެލިބަސްތާ ޖެހުމަށް ބޭނުންވާ ވެލިބަސްތާ ތައްޔާރު ކުރުމުގެ މަސައްކަތް ފުލުހުންނާ ކައުންސިލް ގުޅިގެން ފަށާފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެ އެވެ. އަދި އަތޮޅުގެ އެހެން ރަށްރަށުގައި ހުރި ފުލުހުންގެ މަރުކަޒުތައް މެދުވެރިކޮށް ރައްޔިތުންނަށް މައުލޫމާތު ދެވެމުންދާ ކަމަށް ފުލުހުން ބުނެ އެވެ.

ހދ. ނޮޅިވަރަމްފަރުގައި ކައުންސިލާފުލުހުންނާ މުވައްސަސާތައް ގުޅިގެން ހާއްސަ ޓާސްކް ފޯސްއެއް އެކުލަވައި މަސައްކަތްތައް ވަނީ ފަށާފަ އެވެ. ހދ. ހަނިމާދޫ ކައުންސިލާ އަތޮޅު ކޮމާންޑަރު ގުޅައި މަޝްވަރާކުރައްވާ ހަނިމާދޫ ޕޮލިސް ސްޓޭޝަން މެދުވެރިކޮށް ރައްޔިތުންނަށް  މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުން ބުނީ ނޮޅިވަރަމްގައި މިރޭ ފުލުހުން ހަރަކާތްތެރިވާން ފަށާނެ ކަމަށެވެ .އަދި ނޭކުރެންދޫ އާއި މަކުނުދޫ ޕޮލިސް ސްޓޭޝަން މެދުވެރިކޮށް މިކަމުގެ މަޢުލޫމާތު އެރަށްރަށުގައި ރައްޔިތުންނަށް ދޭން ފަށާފައިވާ ކަމަށް ފުލުހުން ބުނެ އެވެ. އަދި މީގެ އިތުރުން ކުޅުދުއްފުށީގައި މަސައްކަތްކުރާ ފުލުހުން ތައްޔާރީ ޙާލަތަށް ގެނެވިފަވާ ކަމަށް ފުލުހުން މައުލޫމާތު ދެ އެވެ.

ށ. އަތޮޅުގެ ރަށްރަށަށް އުދައެރުމުގެ ހާދިސާއެއް ކުރިމަތި ވެއްޖެނަމަ މަސައްކަތްތައް ގެންދާނެގޮތް ކައުންސިލް ތަކާއެކު މަޝްވަރާ ކުރެވި މަސައްކަތް ގެންދާނެގޮތް އެކުލަވާ ލެވިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355