twitterviber whatsapp telegramfacebookyoutube instagram
17th May 2025

ސައިކަލް ރޭހުގެ ވަނަތައް ހޮވައި ބައިވެރިންނަށް ސެޓްފިކެޓް ހަވާލު ކޮށްފި

Sep 28, 2015

“ރައިޑާރސް ޑެވެލޮޕްމެންޓް ޕްރޮގުރާމް” ގެ ނަމުގައި ބޭއްވި ސައިކަލް ރޭހުގެ ވަނަތައް ހޮވާ ބައިވެރިންނަށް މިއަދު ސެޓްފިކެޓް ހަވާލު ކޮށްފިއެވެ.

ސެޓްފިކެޓާއި ވަނަ ހޯދި ބައިވެރިންނަށް ޝީލްޑް ހަވާލުކޮށްދެއްވީ ކުޅުދުއްފުށީ ޕޮލިސްޓޭޝަން ވަގުތީގޮތުން ހަވާލުވެ ހުންނެވި އިންޗާރޖް އަހުމަދު އަލީ އެވެ. އަދި މި ރޭހުގެ އިތުރުން އިއްޔެ ވަނީ ސްޓަންޓް ޝޯ އަކާއި ޑްރެގް ރޭހެއް ވެސް ކުރިޔަށް ގެންގޮއްސަ އެވެ. މި ރޭހުގެ 110ސީސީ އަދި 125ސީސީގެ ރޭސް ވެސް ކާމިޔާބުކޮށްފައި ވަނީ މުސްތޮފާ މުހައްމަދު (މުސްތޮ) އެވެ.

މި ރޭހުގައި ކުރިޔަށް ދިޔަ ޑްރެގު އޯޕަން ރޭހުންނާއި 135ސީސީގެ ޑްރެގް ރޭސް ކާމިޔާބު ކޮއްފައި ވަނީ އިބްރާހިމް އަލީ (އިބީ) އެވެ. އަދި 150-250 ސީސީގެ ޑްރެގު ރޭސް ކާމިޔާބުކޮށްފައިވަނީ އަޝްރަފް އަބްދުﷲ އެވެ.

މޯލްޑިވްސް މޮޓޯރ ރޭސިން އެސޯސިއޭޝަން (އެމް.އެމް.އާރް.އޭ) އިން އިންތިޒާމުކޮށްގެން ބޭއްވި މި ޕްރޮގުރާމުގައި ޖުމްލަ 19 ފަރާތަކުން ވަނީ ސެޓްފިކެޓް ހޯދާފައި އެވެ.

ބޮޑު އީދާ ދިމާކޮށް ކުޅުދުއްފުށީގައި އެމް.އެމް.އާރް.އޭ އިން މިފަދަ ބޮޑު ރޭހެއް ބޭއްވި މިއީ ފުރަތަމަ ފަހަރެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355