twitterviber whatsapp telegramfacebookyoutube instagram
23rd August 2025

ކުމުންދޫ މެޖިސްޓްރޭޓް ކޯޓް އިމާރާތްކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

Sep 29, 2015

ކުމުންދޫ މެޖިސްޓްރޭޓް ކޯޓްގެ އިމާރާތްކުރުމުގެ މަސައްކަތްކުރުމަށް ހަވާލުކުރީ މައްސާޙް  ޕްރައިވެޓް ލިމިޓެޑާ އެވެ.

ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓާއެކު ކުރެވުނު މި އެއްބަސްވުމުގައި ސޮއިކުރެއްވީ ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓްގެ އެޑްމިނިސްޓްރޭޓަރ އިބްރާހިމް އުމަރާއި މައްސާޙް ޕްރައިވެޓް ލިމިޓެޑްގެ މެނޭޖަރު މުހައްމަދު މޫސާ އެވެ

ކުމުންދޫގެ ކޯޓްގެ އާ އިމާރާތުގެ މަސައްކަތް ބަޔަކާ ހަވާލުކުރުން–

1.49 މިލިއަން ރުފިޔާ ޙަރަދުކޮށްގެން ހަދާ މިއިމާރާތުގެ މަސައްކަތް 180 ދުވަހުގެ ތެރޭގައި ނިންމަން ޖެހެ އެވެ..

އަލަށް ބިނާކުރާ މި އިމާރާތުގައި އިދާރީ ބަޔަކާއި ޝަރީއަތްކުރާ ބަޔަކާއި މެޖިސްޓްރޭޓް ރޫމަކާއި ވެއިޓިން ރޫމަކާއި ގުދަނަކާއި އެއް ފާހާނާގެ އިތުރުން ޕޯޓިކޯއެއް ހެދުމަށް ހަމަޖެހިފައިވާ ކަމަށް އިބްރާހިމް ވިދާޅުވި އެވެ.

ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން–

ސޮއިކުރުމަށް ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓްގައި ބޭއްވި ހާއްސަ ރަސްމިޔާތުގައި ވާހަކަ ދައްކަވަމުން އިބްރާހިމް އުމަރު ވިދާޅުވީ މި ޕްރޮޖެކްޓް ފެށުމަށް ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓްގެ އިސް ގާޒީ އާއި މިނިސްޓްރީގެ ފަރާތުން ބޮޑު އެއްބާރުލެއްވުމެއް ލިބުން ކަމަށާއި މި އިމާރާތުގެ ސަބަބުން ކުމުންދޫ ކޯޓަށް ދިމާވެފައިވާ ޖާގައިގެ ދަތި ކަމަށް ލުޔެއް ލިބިގެންދާނެ ކަމަށެވެ.

މިހާރު ކުމުންދޫ ކޯޓް ހިންގަމުންގެންދަނީ ކުމުންދޫ ކައުންސިލް އިދާރާގެ އިމާރާތުގެ ތެރޭގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355