twitterviber whatsapp telegramfacebookyoutube instagram
13th August 2026

އެޕަލްއިން އެންމެ ފަހުން ނެރުނު 2 ފޯން ދިރާގުން ވިއްކުމަށް ހަމަޖެހިއްޖެ

Sep 30, 2015

އެޕަލް ކުންފުނިން މި މަހު 25ގައި ނެރުނު އައި ފޯން 6 އެސް އަދި 6 އެސް ޕްލަސް އޮކްޓޫބަރު 8ވާ ހުކުރު ދުވަހުން ފެށިގެން ދިރާގުން ވިއްކުމަށް ހަމަޖެހިފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

މީގެ އިތުރުން އެޕަލް ކުންފުނިން ވަނީ ސޮފްޓް ޓަޗް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް “އޮފިޝަލް ޑިސްޓްރިބިއުޓާ އެންޑް ރީޖަނަލް ސްޓޮކިސްޓް” އަކަށް ހަމަޖައްސާފައި އެވެ.

ދިރާގުގެ މާކެޓިން ޑިރެކްޓަރު އަހުމަދު މައުމޫން ބުނެފައި ވަނީ  އެޕަލްގެ އޮފިޝަލް ޑިސްޓްރިބިއުޓާއެއްގެ ގޮތުގައި ސޮފްޓް ޓަޗް ހަމަޖެހިގެން ދިއުމުން އެފަރާތައް މަރުހަބާ ކިޔާކަމަށެވެ. އަދި ދެވަނަބުރުގައި އައިފޯން ތައާރަފްކުރާ ގައުމުތަކުގެތެރޭގައި ރާއްޖެ ހިމެނި ރާއްޖޭން އައިފޯން ވިއްކާ ފުރަތަމަ މުވާސަލާތީ ހިދުމަތްދޭ ކުންފުންޏަކަށް ދިރާގު ހަމަޖެހުމުން އުފާވާކަމަށް ވެސް އޭނާ ބުނެފައިވެ އެވެ.

އައިފޯނު 6 އެސް އަދި 6 އެސް ޕްލަސް ބާޒާރަށް ނެރުނު ފަހުން މިވީ ހަތަރު ދުވަހުގެ ތެރޭގައި 13 މިލިއަނަށް ވުރެ ގިނަ ފޯނު ވަނީ ވިއްކައިފައެވެ.

މީގެ އިތުރުން އުރީދޫއިން ވެސް އައިފޯން 6 އެސް އަދި 6 އެސް ޕްލަސް އަންނަ މަހުގެ 8 އިން ފެށިގެން ވިއްކުމަށް ހަމަޖެހިފައި ވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355