twitterviber whatsapp telegramfacebookyoutube instagram
18th May 2024

މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ދިރާގުން މޯބައިލް ތްރީޖީ އިންޓަނެޓްގެ ހިދުމަތް ދީފި

Sep 29, 2015

ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ދިރާގުން މޯބައިލް ތްރީޖީ އިންޓަނެޓްގެ ހިދުމަތް ދީފި އެވެ.

ދިރާގުން މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ތްރީޖީ އިންޓަނެޓްގެ ހިދުމަތް ދިނުމުގެ މަޝްރޫއު ފެށީ މިއަހަރުގެ ކުރީކޮޅު އެވެ. އެ މަޝްރޫއު ނިންމަން ކަނޑައަޅާފައި އޮތީ މި އަހަރު ނިމުމުގެ ކުރިންނެވެ.

ދިރާގުން މައުލޫމާތު ދިން ގޮތުގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ތްރީޖީ އިންޓަނެޓްގެ ހިދުމަތް ތައާރަފްކުރުމަކީ އެ ކުންފުނިން ހާސިލްކުރި ވަރަށް މުހިންމު ލަނޑުދަނޑިއެއް އެކެވެ. ރާއްޖޭގެ އެއްކޮޅުން އަނެއްކޮޅަށް ސަބްމެރިން ކޭބަލެއް އެޅީ ބްރޯޑްބޭންޑް އިންޓަނެޓް ހިދުމަތް ދިނުމަށް ކަމަށް އެ މަޝްރޫއު ފެއްޓިއިރު އިއުލާންކޮށްފައިވާނެ ކަމަށާއި އަދި މިހާރު މުޅި ރާއްޖެއަށް ތްރީޖީ އިންޓަނެޓްގެ ހިދުމަތް ދެނީ އެ ކޭބަލް މެދުވެރިކޮށްކަން ދިރާގުން ބުނެއެވެ.

“އެ ކޭބަލްގެ ސަބަބުން އަޅުގަނޑުމެން މިއަދު މިތިބީ ވަރަށް މުހިންމު މައިލްސްޓޯންއެއް ހާސިލްކުރެވިފައި. ދިރާގަކީ ރާއްޖޭގެ މުއާސަލަތީ ހިދުމަތުގައި ވަރަށް މުހިންމު ލަނޑުދަނޑިއެއް ހާސިލްކޮށްފައިވާ ކުންފުންޏެއް،” ދިރަގުގެ ސީއީއޯ އިސްމާއިލް ރަޝީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ކުންފުނިން މަސައްކަތްކުރަނީ ހަމަައެކަނި މާލެ އާއި މާލެ ކައިރި ރަށްތަކަށް ހިދުމަތްތައް ދިނުމަށް ނޫން ކަމަށާއި ވީހާވެސް ގިނަ ބަޔަކަށް ހިދުމަތެއް ފޯރުކޮށްދިނުމަށް މަސައްކަތްކުރައްވާ ކަމަށް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ކުރިޔަށް އޮތްތަނުގައި ވެސް ދިރާގުގެ ހިދުމަތްތަކުގެ ފެންވަރު މަތިކުރުމަށް އަތޮޅުތެރޭގައި މަސައްކަތްކުރަމުން ގެންދަވާނެ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355