މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ އާއި ބޭންކް އޮފް މޯލްޑިވްސް އާއި ހައުސިންގ މިނިސްޓްރީއާ ގުޅިގެން ބޯ ހިޔާވަހިކަމުގެ މަޝްރޫއެއްގެ ދަށުން ރައްޔިތުންނަށް ގޯތި ނުވަތަ ފުލެޓް ލިބޭނެކަމަށް ބުނެ ވަކި ބޭކި ބޭންކް އެކައުންޓަކަށް ފައިސާ ޖަމާކޮށްދިނުމަށް އެދި ކުރަމުންދަނީ ވަގު ފޯން ކޯލްތަކެއް ކަމަށް މީރާއިން ބުނެފި އެވެ.
މީރާއިން އިއްޔެ ނުރުނު ނޫސް ބަޔާނުގައި ބުނެފައިވަނީ މިފަދަ ފޯން ކޯލްތަކަކީ މީހުންނަށް އޮޅުވާލައިގެން ފައިސާ ހޯދުމުގެ މަގުސަދުގައި ކޮންމެވެސް ފަރާތަކުން ކުރަމުންދާ ކަމެއްކަމަށެވެ. އަދި މިފަދަ ކަންކަމުން އެންމެހާ ފަރާތްތަކުން ސަމާލުވުމަށް މި ބަޔާނުގައި އިލްތިމާޒްކޮށްފައި ވެއެވެ.
މީރާއަށް ދައްކަން ޖެހޭ ހުރިހާ ފައިސާވެސް ބަލައިގަންނަނީ އެ އޮތޯރިޓީގެ އޮފީސްތަކަށާއި “މީރާކަނެކްޓް” އޮންލައިން ޕޯޓަލް ކަމަށް މި މީރާއިން ބުނެއެވެ. އަދި މިފަދަ ފޯން ކޯލެއް ލިބިއްޖެނަމަ ލަސްނުކޮށް 1415 އަށް ގުޅައި އެކަމުގެ މައުލޫމާތު ހިއްސާކުރުމަށް މި ބަޔާނުގައި މީރާއިން އެދިފައި ވެއެވެ.




