twitterviber whatsapp telegramfacebookyoutube instagram
12th April 2026

ހދ އަތޮޅު ކައުންސިލްގެ ރައީސްގެ މަގާމަށް ޝަޤީފް އިންތިހާބުކޮށްފި

Sep 30, 2015

ހދ.އަތޮޅު ކައުންސިލްގެ ރައީސްކަމުގެ މަގާމަށް އެކައުންސިލްގެ ވައިކަރަދޫ ދާއިރާގެ މެމްބަރ ހުސައިން ޝަޤީފް އިންތިހާބްކޮށްފިއެވެ.

ހދ އަތޮޅު ކައުންސިލްގެ ހުސްވެފައިވާ ރައީސްގެ މަގާމަށް ބޭފުޅަކު އިންތިހާބުކުރުމަށް މިއަދު ބޭއްވި ޖަލްސާގައި ހުސެއިން ޝަޤީފް އިންތިހާބުވީ ޖަލްސާގައި ބައިވެރިވި 7 މެމްބަރުގެ ވޯޓުންނެވެ.

10 މެމްބަރުން ތިއްބަވާ އެކައުންސިލްގެ މިއަދުގެ ޖަލްސާގައި 3 ބޭފުޅުން ބައިވެރިއެއް ނުވެ އެވެ. މިއަދު ޖަލްސާގައި ބައިވެރިވެނުލައްވަނީ ކައުންސިލްގެ ކުރީގެ ރައީސް އާދަމް ނާސިރާއި ހަނިމަދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަސީމް އަދި އެކައުންސިލްގެ މީޑިއާ ކޯޑިނޭޓަރ އަދި ވައިކަރަދޫ ދާއިރާގެ މެމްބަރު އަބްދުލް މުހައިމިނެވެ.

ހދ.އަތޮޅު ކައުންސިލްގައި ތިއްބަވަނީ ޕީޕީއެމްގެ 4 މެމްބަރުންނާއި، އެމްޑީޕީ 4 މެމްބަރުންނާއި، އަދާލަތު ޕާޓީގެ މެމްބަރެއް އަދި ޖުމްހޫރީ ޕާޓީގެ މެމްބަރެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355