ކުޅުދުއްފުށީ ގެއަކުން ވަގަށް ނަގާފައިވާ ގިނަ ޢަދަދެއްގެ ފައިސާއާއި ގަހަނާތަކަ މަސްތުވާތަކެތި ކަމަށް ސައްކުކުރެވޭ އެއްޗެއްހުރި 21 ރަބަރު ފެކެޓާއި އެކު 2 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެެސްފި އެވެ.
މި ސެޕްޓެމްބަރު މަހުގެ 29 ވަނަ ދުވަހުގެ 09:20 ހާއިރު ކުޅުދުއްފުށި ޕޮލިސް ސްޓޭޝަނަށް ހުށަހެޅުނު މައްސަލައަކާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަަށައްގެނެސްފައިވަނީ 28 އަހަރުގެ ފިރިހެނަކާއި 26 އަހަރުގެ އަންހެނެކެވެ.
މިދެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ކޯޓު އަމުރެއްގެ ދަށުން ރޭގެ ވަގުތެއްގައެވެ.
ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް އެ ދެމީހުން ދިރިއުޅެމުންދާ ގެތައް ބަލައިފާސްކުރިއިރު އެގެތަކުން ވަގަށް ނަގާފައިވާތަކެއްޗާއި މަސްތުވާތަކެތި ވަނީ ފެނިފަ އެވެ.
މިމައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ އަންހެން މީހާ ދިރިއުޅެމުންދާ ގެ ބަލައިފާސްކުރިއިރު އެގޭ ކޮޓަރިއެއްގެ ތަރުފާލުމަތީ ހުރި އަންނައުނު ތަކެއްގެ ތެރޭގައި އޮތް ދަބަހެއްގެ ތެރެއިން ވަގަށް ނަގާފައިވާ ފައިސާތަކުގެ ތެރެއިން -/14100 ރުފިޔާއަށް ވުރެ ގިނަ ފައިސާ ފެނިފައިވާއިރު މި އަންހެން މީހާގެ ހަށިގަނޑު ބަލައިފާސްކުރިއިރު އޭނާގެ ޖީބުނ -/2200 ރުފިޔާއަށްވުރެ ގިނަ ފައިސާ ފެނިފައިވާއިރު ބޭރު ފައިސާވެސް ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
އެގޮތުން 28 އަހަރުގެ މީހާ ދިރިއުޅެމުންދާ ގެ ބަލައިފާސްކުރިއިރު ވަގަށް ނަގާފައިވާ ގަހަނާތައް ފެނިފައިވަނީ އެގޭ ގޯތިތެރޭގައި ވަޅުލާފައިވަނިކޮށެވެ. އަދި މިމީހާ ދިރިއުޅެމުންދާ ކޮޓަރި ބަލައިފާސްކުރިއިރު އެކޮޓަރި ތެރޭގައި ހުރި ކަނބަޑެއްގެ ތެރޭގައި އޮތް ޖިންސެއްގެ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 21 ރަބަރު ޕެކެޓް ފެނިފައިވެއެވެ. މީގެއިތުރުން އޭނާގެ ހަށިގަނޑު ބަލައިފާސްކުރިއިރު ވަގަށް ނަގާފައިވާ ފައިސާތަކުގެ ތެރެއިން -/900 ރުފިޔާއަށް ވުރެ ގިނަ ފައިސާ ފެނިފައިވެއެވެ. އަދި މިމީހާ ވަނީ ކުޑަކަމުދާތަކެތި ޓެސްޓްކުރުމުން މަސްތުވާތަކެއްޗަށް ޕޮޒިޓިވް ވެފަފައެވެ. އަދި އޭނާއަކީ މަސްތުވާތަކެއްޗާއި ފޭރުމާއި މާރާމާރީގެ އިތުރުން ވައްކަމުގެ މައްސަލަތަކުގެ ރެކޯޑްސް އޮންނަ މީހެއްކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
މިމައްސަލަ ހދ. ކުޅުދުއްފުށި ޕޮލިސް ސްޓޭޝަނުން ދަނީ ތަހުޤީޤު ކުރަމުންނެވެ.