twitterviber whatsapp telegramfacebookyoutube instagram
1st June 2026

ހދ އަތޮޅުގެ ހުރިހާ ރަށެއްގައި އެސްޓީއޯގެ ބޭސް ފިހާރަ ހުޅުވައިފި

Oct 1, 2015

ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އާސަންދައިގެ ދަށުން ހިދުމަތް ފޯރުކޮށްދޭ އެސްޓީއޯ ފާމަސީއެއް ގާއިމް ކުރުމަށް އެސްޓީއޯއާ ދިވެހި ސަރުކާރު ގުޅިގެން ކުރިއަށް ގެންދާ މަޝްރޫއުގެ ދަށުން ހދ. އަތޮޅުގެ ހުރިހާ ރަށެއްގައި އެސްޓީއޯގެ ފާމަސީއެއް ގާއިމްކޮށް، ހިދުމަތް ދޭން ފަށައިފި އެވެ.

އެގޮތުން ހދ އަތޮޅުގައި އެންމެ ފަހުން އެސްޓީއޯގެ ފާމަސީއެއް ހުޅުވާފައިވަނީ ރޭގައި ހދ މަކުނުދޫގަ އެވެ. މަކުނުދޫގައި މިގާއިމް ކުރެވުނު ފާމަސީއާއި އެކު މިހާރު ހދ އަތޮޅުގެ ހުރިހާ ރަށެއްގައި އެސްޓީއޯ ފާމަސީގެ ހިދުމަތް ލިބެމުން ދާނެއެވެ.

އެގޮތުން ހދ އަތޮޅުގެ މީހުން ދިރިއުޅޭ 13 ރަށުގައި އެސްޓީއޯ ފާމަސީ ވަނީ ހުޅުވާފަ އެވެ.

އެސްޓީއޯ އިން ރާއްޖޭގެ ކޮންމެ ރަށެއްގައި ބޭސް ފިހާރައެއް ހުޅުވުމުގެ މަސައްކަތް ކުރަމުންދާއިރު، ރާއްޖެ އަށް ބޭނުންވާ ބޭހާއި މެޑިކަލް ސާމާނު ސަޕްލައި ކުރުމުގެ މަސައްކަތް ސަރުކާރުން ކުންފުންޏާ ވަނީ ހަވާލުކޮށްފަ އެވެ.

ކޮންމެ ރަށެއްގައި ބޭސް ފިހާރައެއް ހުޅުވުމުގެ ބޭނުމަކީ ރައްޔިތުންނަށް ފަސޭހަކަމާ އެކު ބޭހުގެ ހިދުމަތް ފޯރުކޮށްދިނުން ކަމަށާއި ސަރުކާރުގެ އުންމީދަކީ ދިވެހިރާއްޖޭގެ ކޮންމެ ރައްޔިތަކީ ވެސް އާސަންދައިގެ ދަށުން ބޭސް ލިބޭ ރައްޔިތަކަށްވުން ކަމަށް އެސްޓީއޯއިން މައުލޫމާތު ދެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355