twitterviber whatsapp telegramfacebookyoutube instagram
18th May 2024

ރާއްޖޭގައި ދެމެހެއްޓެނިވި ތަރައްގީ ހާސިލް ކުރުމަށް އުރީދޫއިން އެއްބާރުލުންދޭނެ

Oct 2, 2015

ދުނިޔޭގައި ފަގީރުކަން ނައްތާލައި ހުރިހާ އިންސާނުންނަށްވެސް ދުޅަހެޔޮ މުސްތަގުބަލެއް ޔަގީން ކޮށްދިނުމަށް އދ. އިން ކަނޑައަޅާފައިވާ ނޭޝަނަލް ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް ގޯލްސް (ގްލޯބަލް ގޯލްސް) ހާސިލް ކުރުމަށް އުރީދޫއިން އެއްބާރުލުން ދޭނެ ކަމަށް އެކުންފުނިން ހާމަކޮށްފި އެވެ.

މީގެ 15 އަހަރު ކުރިން ތައާރަފްކުރެވުނު ގްލޯބަލް ގޯލްސް އަކީ ދުނިޔޭގެ 193 ލީޑަރަކު މިލޭނިއަމް ޑިވެލޮޕްމެންޓް ގޯލްސްތަކަށް ބިނާކޮށް ތައާރަފްކުރި ލަނޑުދަނޑިތަކެކެވެ. އެއީ ބަނޑުހައި ހޫނުކަމާއި ފަގީރުކަން ނައްތާލައި މޫސުމަށް އަންނަ ބަދަލުތަކަށް ހައްލެއް ހޯދައި ދުނިޔޭގެ ހަމަހަމަކަމާއި އިންސާފް 2030 ވަނައަހަރުގެ ކުރިން ގާއިމްކުރުމަށް އެކުލަވާލާފައިވާ 17 ލަނޑުދަނޑިއެކެވެ.

ދިވެހި ރައްޔިތުންނަށް ދިމާވާ މައްސަލަތަކަށް ހައްލު ހޯދައިދިނުމަށް އުރީދޫއިން މަސައްކަތް ކުރާނެ ކަމަށާއި އެގޮތުން ގްލޯބަލް ގޯލްސްގެ ލަނޑުދަނޑިތައް ހާސިލް ކުރުމަށް ފޯރުކޮށްދޭންޖެހޭ ކަންކަން ފޯރުކޮށްދިނުމަށް އެހީތެރިވެދޭނެ ކަމަށް އުރީދޫ އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެކުންފުނީގެ ސީއީއޯ ވިކްރަމް ސިންހަ ވާހަކަ ދައްކަވަމުން ވިދާޅުވިއެވެ.

އެ ބައްދަލުވުމުގައި އދ. އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ރެސިޑެންޓް ކޯޑިނޭޓަރު ޝޯކޯ ނޯޑާ ވިދާޅުވީ، ރާއްޖޭގައި ގްލޯބަލް ގޯލް ހާސިލް ކުރުމަށް ކުރާ މަސައްކަތުގައި އުރީދޫއިން ބައިވެރިވުމަކީ ވަރަށް އުފާވާ ކަމެއް ކަމަށެވެ. އެލަނޑުދަނޑިތައް ހާސިލް ކުރުމަށްޓަކައި ޒަމާނީ މޯބައިލް ޓެކްނޮލޮޖީތަކުގެ ބޭނުން ހިފުމަކީ ކޮންމެހެންވެސް ކުރަންޖެހޭ ކަމެއް ކަމަށްވެސް ޝޯކޯ ވިދާޅުވިއެވެ.

ދެމެހެއްޓެނިވި ތަރައްގީގެ އޮނިގަނޑުގައިވާ ހުރިހާ ލަނޑުދަނޑިތަކެއް ޙާސިލްކުރުމަށް އެއްބާރުލުން ދިނުމުގެ އިތުރުން، އުރީދޫ އިން ބައިނަލްއަގްވާމީ ފެންވަރުގައި ހާއްސަ 3 ލަނޑުދަނޑިއެއް ހާސިލްކުރުމަށް މަސައްކަތް ކުރާނެކަމަށް އެ ކުންފުނިން ބުނެއެވެ. އެއީ މުޖުތަމައުގައި ދުޅަ ހެޔޮ ސިއްޙަތެއް ގާއިމުކުރުމާއި ދެ ޖިންސުގެ ހަމަހަމަކަން ދެމެހެއްޓުމާއި އުފެއްދުންތެރިކަމާއި އިންފްރާސްޓްރަކްޗަރ ބިނާކުރުމެވެ.

މީގެއިތުރުން ރާއްޖެއާއި ގުޅުންހުރި އިތުރު 2 ލަނޑުދަނޑިއެއް ހާސިލް ކުރުމަށްވެސް އުރީދޫއިން މަސައްކަތް ކުރާނެކަމަށް އެ ކުންފުނިން ބުނެއެވެ. އެއީ ރަނގަޅު ފެންވަރެއްގެ ތައުލީމު މަގުފަހިކޮށްދިނުމަށާއި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިމާވާ ގުދުރަތީ ކާރިސާތަކަށް ތައްޔާރުވެ ރައްކާތެރިވުމަށް މަސައްކަތްކޮށްދިނުމެވެ. އެގޮތުން މޫސުމަށް އަންނަ ބަދަލުތައް މިޓިގޭޓްކޮށް، ޢެޑެޕްޓް ކޮށް، އެކަމުގެ ނޭދެވޭ އަސަރުތައް ކުޑަކޮށް، ކާރިސާ ދިމާވުމުގެ ކުރިން އަވަސް އިންޒާރު ދިނުމުގައި ދިވެހިރާއްޖޭގެ ރައްޔިތުންނާއި، ކުންފުނިތަކާއި ޖަމާއަތްތަކަށް މައުލޫމާތު ފޯރުކޮށްދީ ތައްޔާރުކުރުމުގައި އުރީދޫ އިން އެހީތެރިކަން ފޯރުކޮށްދޭނެކަމަށް އެކުންފުނިން ބުނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355