twitterviber whatsapp telegramfacebookyoutube instagram
16th April 2024

މިދިޔަ އަހަރު އޭއީސީގެ އެންމެ މޮޅު ދިހަ ދަރިވަރުން ހޮވައިފި

Oct 2, 2015

ހދ. އަތޮޅު ތައުލީމީ މަރުކަޒުގެ  މިދިޔަ އަހަރުގެ އިނާމު ދިނުމަށް މިރޭ އެ ސްކޫލުގައި ބޭއްވި ޖަލްސާގައި ހުރިހާ ގޮތަކުން އެންމެ މޮޅު 10 ދަރިވަރުން ހޮވައިފި އެވެ.

ގަދަ ދިހައެއްގައި ހިމެނެނީ–


ފާތިމަތު ސަހާ މުހައްމަދު

ފާތިމަތު ރިފާ މޫސާ

ސަމްހާ މޫސާ

އަހުމަދު މަފާޒް މުހައްމަދު

ހުސެއިން ޔޫސުފް

ނަފްހާ އަލީ

މަރިޔަމް ރައުހާ

މަރިޔަމް މައީޝާ އަހުމަދު

އަހުމަދު އާދަމް

ސާއިލާ އަބްދުއްރަހުމާން

އޭގެ އިތުރުން ކިޔެވުމުގެ ގޮތުން އެންމެ މޮޅު ހައުސްއަކަށް ހޮވިފައިވަނީ ޕްލޫޓޯ ހައުސް އެވެ. އަދި އިތުރު ހަރަކާތަކުން އެންމެ މޮޅު ހައުސްއަކަށް ހޮވުނީފައިވަނީ މާކަރީ ހައުސް އެވެ. އޭގެ އިތުރުން ވޭތުވެ ދިޔަ އަހަރު 100 ފަސެންޓް ހާސިރީ ފުރިހަމަކޮށް 7 މުވައްޒަފުން ވަނީ އިނާމް ހާސިލްކޮށްފަ އެވެ. މިޖަލްސާގައި އެސްކޫލްގެ ޖުމްލަ 80 ދަރިވަރުން ވަނީ އެކިވަނަތައް ހޯދައި އިނާމް ހާސިލް ކޮށްފަ އެވެ.

ގަދަ ދިހައެއްގައި ހިމެނުނު ދަރިވަރަކަށް އިނާމް ހަވާލުކޮށްދެނީ–ފޮޓޯ: ވާހިދު

އެއީސީ ހޯލްގައި ކުރިއަށް ގެންދިޔަ މި ޖަލްސާ ޝަރަފްވެރިކޮށްދެއްވާ އިކޮނިމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މުހައްމަދު އަނީސް ދެއްކެވި ވާހަކަ ފުޅުގައި ދިވެހި ދަރިވަރުން އިންޓަނޭޝަނަލް ލެވެލްގައި ކާމިޔާބު ހޯދަމުން އަންނަ ކަމަށާއި، އަދި ކިޔަވާ ދަރިވަރުންގެ ވިސްނުން މިދަނީ ދުވަހެއް ދުވަހަކަށް ތަރައްގީވަމުން ކަމަށެވެ. އަދި ދަރުވަރުންނަށް ކާމިޔަބު ހޯދައިދިނުމުގައި ސްކޫލް ޓީޗަރުންނާއި ބެލެނިވެރިން ކުރައްވަމުން ގެންދަވާ މަސައްކަތް ވަނީ ފާހަގަ ކުރައްވާފަ އެވެ.

ދަރިވަރުންނަށް ކުރިއަށް ދެވޭނީ ކެތްތެރިކަމާ ހިންމަތާއެކު މަސައްކަތް ކޮށްގެން ކަމަށާއި، ހާސިލް ކުރަން ބޭނުންވާ ލަނޑުދަނޑިއަށް ވާސިލްވުމަށް ހުއްޓައިނުލާ މަސައްކަތް ކޮށްގެން ކަމަށް އަނީސް ވިދާޅުވި އެވެ. އަދި ގައުމަށް ފައިދާ ހުރި ޖީލެއް އުފެއްދުމަށް ބުރަ މަސައްކަތެއް ކުރައްވާ ބަޔަކަށް ޓީޗަރުން ވާއިރު އެދަރިވަރުންނަށް ހިތްވަރު ދެއްވާ ނަފްސާނީ ގޮތުން ހިތްވަރު ގަދަ ބައެއްގޮތުގައި ހެދުމަށް މަސައްކަތް ކުރައްވަން ވާނެ ކަމަށް ވިދާޅުވި އެވެ.

މިޖަލްސާ ނިންމާލާފައިވަނީ ހާއްސަ ދުއާ އަކުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355