twitterviber whatsapp telegramfacebookyoutube instagram
19th April 2024

ޤައުމީ އެތުލެޓިކްސް ޗެމްޕިއަންޝިޕްއިން ނަޝާ 2 ގޯލްޑް މެޑަލް ހޯދައިފި

Oct 3, 2015

މާލޭގައި މިހާރު ކުރިއަށްދާ ޤައުމީ އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ކުޅުދުއްފުށީގެ އެތްލީޓެއް ކަމަށްވާ ނަޝާ ނިޒާރު 2 ގޯލްޑް މެޑަލް ހޯދައިފި އެވެ.

އޭނާ ގޯލްޑް މެޑަލް ހޯދީ އަންހެނުންގެ 100 އަދި 200 މީޓަރުގެ ރޭސް ކާމިޔާބުކޮށްގެންނެވެ.

މީގެ އިތުރުން މި މުބާރާތުގައި އަންހެނުންގެ 400 މީޓަރ ރިލޭއިން ވަނީ ކުޅުދުއްފުށި ޓީމުން 2 ވަނަ ހޯދާފައި އެވެ.

މި މުބާރާތުގައި ކުޅުދުއްފުށިން ވަނީ 10 އެތްލީޓުންގެ ޓީމެއް ގޮސްފައިފަ އެވެ. އެއީ 4 އަންހެން ކުދިންނާއި 6 ފިރިހެން ކުދިންނެވެ.

މިޓީމުގެ އިތުރުން މިމުބާރާތުގައި ވަނީ ކުޅުދުއްފުށިގެ ގިނަ އަދަދެއްގެ އެތްލީޓުން ވާދަކޮށްފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355