twitterviber whatsapp telegramfacebookyoutube instagram
18th May 2024

ނަޒާހަތްތެރިކަމުގެ ބިނާގެ ނަން ކުޅުދުއްފުށި އެއާޕޯޓްގެ ނަމަށް “ބަދަލުކޮށްފި”

Oct 3, 2015

އެންޓިކޮރަޕްޝަން ދުވަސް ފާހަގަ ކުރުމުގެ ގޮތުން މިއަހަރު ކުޅުދުއްފުށީގައި ބޭއްވި ހަރަކާތްތަކުގެ ތެރެއިން، ކުޅުދުއްފުށީގައި ބަހައްޓާފައިވާ “ނަޒާހަތްތެރިކަމުގެ ބިނާ” ގެ ނަން “ކުޅުދުއްފުށި އިންޓަނޭޝަނަލް އެއާޕޯޓް”ގެ ނަމަށް ބަދަލުކޮށްފި އެވެ.

މިކަން ކޮށްފައިވަނީ ކޮންބައެއް ކަން ނޭނގުން ކަމުގައި ވިޔަސް މިކަން ކޮށްފައިވަނީ މިހަފްތާ ބަންދުގެ ތެރޭގައި ކަމަށް ބެލެވެއެވެ. މިއީ ކުޅުދުއްފުށީގައި އެއާޕޯޓެއް އަޅުއްވާނެކަމަށް ރައީސް ޔާމީން ވެލެއްވި ރިޔާސީ ވައުދުފުޅު ފުއްދަވައި ދެއްވާފައި ނުވާތީ، ޖެއްސުމަށް ބަޔަކު ކޮށްފައިވާ ކަމެއް ކަމަށް ބެލެވެއެވެ.

އެންޓި ކޮރަޕްޝަން ދުވަސް ފާހަގަ ކުރުމަށް ކުޅުދުއްފުށީގައި ތަފާތު ހަރަކާތްތަކެއް ހިންގުނެވެ. އަދި އެދުވަހު ކުޅުދުއްފުށީގައި ބެހެއްޓި ނަޒާހަތްތެރިކަމުގެ ބިނާ ބެހެއްޓިތާ ހަފްތާއެއް ނުވަނީސް ބަޔަކު އެބިނާއަށް ސްޕްރޭ ޖަހާ ގެއްލުންވެސް ދީފައި ވެއެވެ.

ކުޅުދުއްފުށީގައި އެއާޕޯޓެއް އަޅުއްވާ ދެއްވާނެ ކަމަށް ރައީސް ޔާމީން ވައުދު ވެލެއްވީ ރިޔާސީ ކެމްޕޭނުގެ ތެރެއިން 2013 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 11 ވަނަ ދުވަހުގެ ރޭ ކުޅުދުއްފުށީގައި ބޭއްވި ޖަލްސާއެއްގަ އެވެ. އަދި ރައީސް ކަމުގެ ހުވާކުރެއްވުމަށް ފަހު، ކުޅުދުއްފުއްޓަށް ކުރެއްވި ހަމައެކަނި ދަތުރުފުޅުގައި ކުޅުދުއްފުށީގައި ބޭއްވި ޖަލްސާއެއްގައި ވެސް ކުޅުދުއްފުށީގައި އެއާޕޯޓް އެޅޭނެ ކަމަށް ވިދާޅުވި އެވެ. ނަމަވެސް އެއާޕޯޓް އެޅުމަށް ބިމުގެ ސާވޭއެއް ކުރުމުގެ އިތުރުން އަމަލީ އެއްވެސް މަސައްކަތެއް ކުރެވޭތަނެއް މިހާތަނަށް ފެނިފައެއް ނުވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355