twitterviber whatsapp telegramfacebookyoutube instagram
18th May 2024

އަފީފުއްދީން ސްކޫލުގެ މިދިޔަ އަހަރު އެންމެ މޮޅު ދަރިވަރަކަށް ރަޝީދާ މުހައްމަދު

Oct 3, 2015

އަފީފުއްދީން ސްކޫލުގެ ވޭތުވެދިޔަ 2014 ވަނަ އަހަރުގެ ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް ރަޝީދާ މުހައްމަދު ،ދިނަށަ ހޯދައިފި އެވެ.

ރަޝީދާ މުހައްމަދު ވަނީ ސާނަވީ އިމްތިހާނުތަކުން މުޅި ސްކޫލުން 1 ވަނަ ހާސިލްކޮށްފައި އެވެ. ރަޝީދާ އޭ ހޯދި މާއްދާތަކަކީ ބައޮލޮޖީ، ކެމިސްޓްރީ، މެރިން ސައިންސް، ފިޒިކްސް، ދިވެހި އަދި އިސްލާމިކް ސްޓަޑިޒް އިންނެވެ.

މީގެ އިތުރުން މިދިޔަ އަހަރުގެ ކިޔެވުމަށް އެންމެ މޮޅު ގާލް ގައިޑްގެ މަގާމުވެސް ރަޝީދާ ވަނީ ހޯދާފައި އެވެ.

އަފީފުއްދީން ސްކޫލް ހޯލްގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ގުރޭޑް 7 ން 2014 ވަނަ އަހަރު ހުރިހާ ގޮތަކުން އެންމެ މޮޅު 10 ދަރިވަރުންނާއި 2014 ވަނަ އަހަރުގެ ސާނަވީ ނިންމާ އިމްތިހާނުތަކުން އެންމެ ރަނގަޅު ނަތީޖާ ހޯދާފައިވާ 10 ދަރިވަރުން ވަނީ ހޮވާފައި އެވެ.

:ގުރޭޑް 7 ގެ ގަދަ 10 ގައި ހިމެނޭ ދަރިވަރުން

އަހުމަދު ހުސެއިން

އަހުމަދު އިބުރާހިމް

ސަމާހާ ރަޝީދު

މުހައްމަދު ސާމީ މޫސާ

އިފާ އަބްދުއްރަޝީދު

ޝިފްނާ އިސްމާއިލް

އަހުމަދު ރާއިދު މުހައްމަދު

މުހައްމަދު އަކުރަމް އަލީ

ތާހާ މުހައްމަދު

މުހައްމަދު މިރާސް އަބްދުލްހަމީދު

 

ސާނަވީ އިމްތިހާންތަކުން އެންމެ ރަނގަޅު ނަތީޖާ ހޯދި ދަރިވަރުން

ނަސީމާ ހަސަން/ ނޫވިލާގެ

މުހައްމަދު ޒިޔާން އަބްދުއްސައްތާރު/ ގުލްތަރުޖަމާގެ

އާމިނަތު ޝިފާ ހުސެއިން/ ކަސަބުގެ

އަލީފާ އަލީ ނައީމް/ ސައުދީ

ހަސަން ނިޝާތު/ މިލާނޯ

ލަޔާލް އަދުހަމް/ ސީރިޔާ

ސަމާ ރަޝީދު/ ވަފާ

އައްޒާމް އަބްދުﷲ/ މާޒް

އިނާޔަތު މުހައްމަދު/ ވައިލާވޫލް

ޔުމްނާ ހުސެއިން/ ލާސްޕެޒިއާ

ރަޝީދާ މުހައްމަދު/ ދިނަށަ

މިޖަލްސާގައި އެސްކޫލްގެ ޖުމްލަ 77 ދަރިވަރުން ވަނީ އެކިވަނަތައް ހޯދައި އިނާމް ހާސިލް ކޮށްފަ އެވެ. މީގެ އިތުރުން ކިޔެވުމުގެ ގޮތުން އެންމެ މޮޅު ހައުސްއަކަށް ހޮވިފައިވަނީ އަމީނީ ހައުސް އެވެ. އަދި އިތުރު ހަރަކާތަކުން އެންމެ މޮޅު ހައުސްއަކަށް ހޮވިފައިވަނީ ޢާޒީ ހައުސް އެވެ. އަދި ހުރިހާ ގޮތަކުން އެންމެ ރަނގަޅު ހައުސްގެ މަގާމު ޢާޒީ އަދި އަމީނީ ހައުސް ވަނީ ހޯދާފައިއެވެ.

އަފީފުއްދީން ސްކޫލުގެ މިދިޔަ އަހަރުގެ ކިޔެވުމަށް އެންމެ މޮޅު ލިޓިލް މެއިޑަކަށް ސަރާ ސަމްސާދު ،ސިތާރާގެ ހޯދާފައިވާ އިރު ކިޔެވުމަށް އެންމެ މޮޅު ކަބްސްކައުޓްގެ މަގާމު ހޯދާފައިވަނީ އަހުމަދު ރައްޔާން އާދަމް ،ނިވިދިއްލޭގެ އެވެ. އަދި ކިޔެވުމަށް އެންމެ މޮޅު ސްކައުޓަކަށް އިބުރާހިމް އަބުދުއްސައްތާރު ،ސަރާސަރު ހޯދާފައިވާ އިރު ކިޔެވުމަށް އެންމެ މޮޅު ގާރލް ގާއިޑްގެ މަގާމު ހޯދާފައިވަނީ ރަޝީދާ މުހައްމަދު ،ދިނަށަ އެވެ.

މީގެ އިތުރުން މިދިޔަ އަހަރުގެ ހުރިހާ ގޮތަކުން އެންމެ ފާހަގަ ކޮށްލެވޭ ލިޓިލް މެއިޑަކަށް އާމިނަތު އަރީޝާ ،މަންފާ ހޯދާފައިވާ އިރު ހުރިހާ ގޮތަކުން އެންމެ ފާހަގަ ކޮށްލެވޭ ކަބްސްކައުޓްގެ މަގާމު ހޯދާފައިވަނީ މުހައްމަދު ރިޝްވާން ޖަލީލު ،ޒިޔާރަތްދޮށުގެ އެވެ. އަދި ހުރިހާ ގޮތަކުން އެންމެ މޮޅު ސްކައުޓަކަށް އަލީ ނައީމް އާދަމް ،ޒިންދީ ހޯދާފައިވާ އިރު ހުރިހާ ގޮތަކުން އެންމެ މޮޅު ގާރލް ގާއިޑްގެ މަގާމު ހޯދާފައިވަނީ ޝާދިޔާ ޖައުފައުރު ،ވަކިފަރު އެވެ.

މި ރަސްމިއްޔާތުގައި އައިލީ ޒިންމާގެ ޗުއްޓީއެއް އަދި ސަލާމުގެ ޗުއްޓީއެއް ނުނަންގަވާ 2014 ވަނަ އަހަރުގެ ދިރާސީ އަހަރުގެ ހުރިހާ ދުވަހަކު ސްކޫލަށް ހާޒިރުވި ސްކޫލްގެ މުވައްޒަފުންނަށް އެކަމުގެ އަގުވަޒަންކޮށް ހިއްވަރު ދިނުމުގެ ގޮތުން ހަދާނީ ފިލާ އަރުވާފައި އެވެ.

އަފީފުއްދީން ސްކޫލް ހޯލްގައި ކުރިއަށް ގެންދިޔަ މި ޖަލްސާ ޝަރަފްވެރިކޮށްދެއްވާ މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ޑިރެކްޓަރ އަލްފާސިލް މުހައްމަދު ހަލީމް ދެއްކެވި ވާހަކަ ފުޅުގައި ރަނގަޅު މުސްތަގުބަލެއް ބިނާކުރުމުގައި ތިމާގެ އަމަލަށް ޒިންމާ ނެގުމުގެ މުހިންމު ކަމަށް އަލިއަޅުވާލާ ވަނީ ވާހަކަ ދައްކާފައި އެވެ. އަދި އިލްމަކީ ހަމައެކަނި ފޮތްތަކުން ލިބިގަނެވޭ ކަމެއް ނޫން ކަމަށާއި އިތުރު ހަރަކާތްތަކުގައި ބައިވެރިވުމުގެ މުހިންމު ކަމާއި ބެހޭގޮތުން ދަރިވަރުންނަށް ނަސޭހަތްތެރިވެފައި އެވެ.

ޝަރަފުވެރި މެހެމާން އިތުރަށް ވާހަކަފުޅުދައްކަމުން ވަނީ ރަސްމިއްޔާތުގައި އިނާމު ހޯދި ދަރިވަރުންނަށާއި ހަދާނީ ފިލާ ހާސިލްކުރި ސްކޫލްގެ މުވައްޒަފުންނަށް މަރުހަބާ ދަންނަވާފައި އެވެ.

މި ރަސްމިއްޔާތުގައި އިނާމު ދިނުމަށްފަހު ވަނީ ދަރިވަރުންގެ ޝުއޫރު ފާޅުކުރުމުގެ ގޮތުން ގުރޭޑު 9 ދަރިވަރުންތަކެއް ހާއްސަ އައިޓަމެއް ހުށައުޅާފައި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355