twitterviber whatsapp telegramfacebookyoutube instagram
18th May 2024

އެމްޓީސީސީގެ އެޕްރެންޓިސްޝިޕް އަދި ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް ޕްރޮގްރާމަށް ހޮވުނު ފަރާތްތަކަށް އެވޯޑް ހަވާލުކޮށްފި

Oct 5, 2015

އެމްޓީސީސީގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމާއި ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް ޕްރޮގްރާމަށް ހޮވުނު ފަރާތްތަކަށް އެވޯޑް ހަވާލުކޮށްފި އެވެ.

މި ޕްރޮގްރާމަށް ހޮވުނު ބައިވެރިންނަށް އެވޯޑް ހަވާލު ކުރެއްވީ ރޭ ދަރުބާރު ގޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދުގެ އިތުރުން އެމްޓީސީސީގެ އިސްވެރިންނެވެ.

އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިދިޔަ އަހަރު ފަހުކޮޅު އިފްތިތާހުކުރި “އެޕްރެންޓިސްޝިޕް ޕްރޮގްރާމް ފޯ ސްޕެޝަލް ނީޑްސް” ގެ ދަށުން ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އެފަރާތްތަކުގެ އަމިއްލަ ގާބިލިއްޔަތުކަން ސާބިތުކުރުމުގެ ފުރުސަތު ހޯދައިދީ އެ ހުނަރުތައް ވަޒީފާގެ މާހައުލުގައި ބޭނުންކުރެވޭނެ މަގު ފަހުކޮށްދިނުމަށް އެކުލަވާލި ޕްރޮގްރާމެކެވެ.

އެގޮތުން އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ އެވޯޑް ހަތް ފަރާތަކަށް ދިން އިރު، ހިއުމަން ރިސޯސް ޕްރޮގްރާމްގެ ދަށުން 14 މުވައްޒަފަކަށް ވަނީ މަތީތައުލީމު ހާސިލްކުރުމުގެ ފުރުސަތު ދީފައެވެ. އަދި ރޭ މި ޕްރޮގްރާމްގެ ދަށުން އެވޯޑް ހަވާލުކުރި ހަތް މުވައްޒަފުންނަނީ އެމްޓީސީސީގައި ތަފާތު ދާއިރާތަކުން މަސައްކަތް ކުރަމުން އަންނަ އެ ކުންފުނީގެ މުވައްޒަފުންނެވެ.

2000 ވަނަ އަހަރު އެމްޓީސީސީގެ ބޯޑުން އިސްނަގައިގެން ފަށާފައިވަ މި ޕްރޮގްރާމްގައި މިހާތަނަށް އެކުންފުނީގެ 40 އަށްވުރެ ގިނަ މުވައްޒަފުން މި ޕްރޮގްރާމްގެ ދަށުން ވަނީ ތަމްރީނު ހޯދާފަ އެވެ. އެގޮތުން އެމްޓީސީސީގެ ހިއުމަން ރިސޯސަސް ޑިވެލޮޕްމަންޓް ޕްރޮގްރާމަކީ ކުންފުނީގެ އިންސާނީ ވަސީލަތްތައް އިތުރަށް ތަރައްގީކުރުމުގެ ކުރިއަށް ގެންދެވޭ ޕްރޮގްރާމެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355